ނ. މާފަރު ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެ އެވެ.

މާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންނަކީ ޕީޕީއެމްގެ ކެނޑިޑޭޓް މާފަރު ވާދީ، އަންވަރު އަބްދުލްޣަނީ އާއި އެމްޑީޕީން ނެރޭ ކެނޑިޑޭޓްމާފަރު ހީނާމާގޭ، މުހައްމަދު އަބްދުލް ގަނީ އެވެ.

މާލެ އާއި މާފަރުގައި ކުރިއަށްދާ މާފަރު ކައުންސިލްގެ ބައި އިލެކްޝަންސްގައި 727 މީހަކު ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ.

އިލެކްޝަނުން ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ މާފަރުގެ ވޯޓްލުން މިއަދު ހެނދުނުން ފެށިގެން އަންނަ އިރު މިހާތަނަށް އެއްވެސް ޝަކުވާއެއް އިންތިހާބާ ގުޅިގެން އައިސްފައިނުވާ ކަމަށެވެ. ވޯޓްލުން ކުރިއަށް ދާނީ ހަވީރު 4:00 ގެ ނިޔަލަށެވެ. ނަމަވެސް ވަގުތީ ނަތީޖާ އިޢުނާން ކުރެވޭނެއިރެއް އޭނާ ވިދާޅެއް ނުވެ އެވެ.