28 Apr 2012, 12:29
ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން މާލޭގައި ބަހައްޓާފައިވާ ބައެއް އޭޓީއެމްތައް އަޕްގްރޭޑްކޮށް އައު އޭޓީއެމްތަކެއް ބަހައްޓައިފި އެވެ.
ބީއެމްއެލް އިން ބުނީ އަލަށް ބަހައްޓާ އޭޓީއެމްތަކަކީ މިހާރު ބޭނުންކުރާ އޭޓީއެމްތަކަށް ވުރެ ސަލާމަތީ ފިޔަވަޅު ރަނގަޅު ކަސްޓަމަރުނަށް އާހިދުމަތްތަކެއް ލިބޭނެ އޭޓީއެމްތަކެއް ކަމަށެވެ. އަދި އެ އޭޓީއެމްތަކަކީ އެމެރިކާގެ ޑިބޯލްގެ ކުންފުނީގެ އުފެއްދުމެއް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
އައު އާޓިއެމްތަކުގައި ކާޑު އެއްފަހަރު ލައްވާފައި ދަމާލުމުން ދަމާލުމުން ފުދެ އެވެ. އަދި ކޮންމެ ހިދުމަތެއް ހޯދުމަށް ވެސް ކޮންމެ ފަހަރަކު އަލުން ޕިން ޖަހަންޖެހެ އެވެ.
ބީއެމްއެލް އިން ބުނީ އެ އޭޓީއެމްތަކާ އެކު އޭޓީއެމްތަކުގެ ހިދުމަތް މެދުކެނޑިފައި ހުންނަ ހުރުމަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މާލޭގެ ގިނަ ސަރަހައްދުތަކުގައި ހުރި އޭޓީއެމްތައް އައުކޮށް އަދި އޭޓީއެމްތަކުގެ އަދަދުވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ.