ޗައިނާއިން "ސެލްފް މީޑިއާ" އެކައުންޓްތައް ހުއްޓުވުމަށް ކަމަށްބުނެ ސޯޝަލް މީޑިއާގެ 1.4 މިލިއަން ޕޯސްޓް ޑިލީޓްކޮށްފިއެވެ.

ޗައިނާގެ ސައިބާސްޕޭސް ރެގިއުލޭޓަރުން ބުނީ ސޯޝަލް މީޑިއާގެ 1.4 މިލިއަން ޕޯސްޓު ޑިލީޓްކޮށްފައި ވަނީ ދޮގު މައުލޫމާތު ދިނުމާއި ގާނޫނާ ހިލާފަށް ފައިދާ ހޯދުމާއި ދައުލަތުގެ އޮފިޝަލުންގެ ނަމޫނާ ދެއްކުމުގެ އިތުރުން އެހެނިހެން މައްސަލަތައް ދެނެގަތުމަށްޓަކައި ކުރެވުނު ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު ކަމަށެވެ.

ޗައިނާގެ ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއޭސީ) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފުޅާ ދާއިރާއެއްގައި "އިސްލާހު" ކުރުމުގެ ކެމްޕެއިނެއްގެ ދަށުން މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 67،000 ސޯޝަލް މީޑިއާ އެކައުންޓް ބަންދުކޮށް އެތައް ލައްކަ ޕޯސްޓެއް ޑިލީޓްކޮށްފައިވާ ކަމަށެވެ.

2021 ވަނަ އަހަރުން ފެށިގެން ޗައިނާއިން ވަނީ އެގައުމުގެ ސައިބާސްޕޭސް "ކްލީން" ކޮށް، ކަމާބެހޭ ފަރާތްތަކަށް ކޮންޓްރޯލް ކުރުމަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އެތައް ބިލިއަން ސޯޝަލް މީޑިއާ އެކައުންޓްތަކަށް އަމާޒުކޮށް ރެގިއުލޭޓް ކޮށްފައެވެ.

ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ ވީޗެޓް، ޑޫއިން އަދި ވެއިބޯ ފަދަ އެޕްލިކޭޝަންތަކުގެ އެކައުންޓްތަކަށް އަމާޒުކޮށް އެންމެ ފަހުން ހިންގި ތަހުގީގުތަކުގެ ތެރޭގައި "ސެލްފް މީޑިއާ" ގެ ކެޓަގަރީގައި ހިމެނޭ އެކައުންޓްތައް ހިމެނެއެވެ.

ބެއިޖިންއިން ގިނަފަހަރަށް ރައްޔިތުން ހައްޔަރުކޮށް ސެންސަރު ކުރަނީ ކޮމިއުނިސްޓް ޕާޓީއަށާއި ސަރުކާރަށް ނުވަތަ އަސްކަރިއްޔާއަށް ނާޒުކު ނުވަތަ ފާޑުކިޔާ ކަމަށް ބެލެވޭ ހަގީގަތާ ހިލާފު މައުލޫމާތެއް ޝާއިއުކޮށް ނުވަތަ ހިއްސާކުރާ އެކައުންޓްތަކެކެވެ.

ދާއިމީކޮށް ބަންދުކުރި 67،000 އެކައުންޓްގެ ތެރެއިން ގާތްގަނޑަކަށް 8،000 އެކައުންޓް އުވާލީ "ދޮގު ޚަބަރާއި ވާހަކަތަކާއި ގެއްލުން ހުރި މައުލޫމާތު ފެތުރުމުގެ" ސަބަބުން ކަމަށް ސީއޭސީން ބުނެއެވެ.

މީގެ އިތުރުން އެހެން ކެމްޕެއިނެއްގައި ރެގިއުލޭޓަރުން ދާދި ފަހުން ވަނީ އޭއައި ޓެކްނޮލޮޖީގެ އެހީގައި އޮންލައިން ފޭކް ނިއުސް ކަވަރޭޖް އިތުރުވުމާ ދެކޮޅަށް ނިއުސް އެންކަރުންނާއި މީޑިއާ އެޖެންސީތަކަށް އޮޅުވާލާފައިވާ ކަމަށް ބުނާ އެއް ލައްކައަށް ވުރެ ގިނަ އެކައުންޓް ބަންދުކޮށްފައެވެ.

ސީއޭސީއިން ހުކުރު ދުވަހު ބުނީ އެންމެ ފަހުގެ ކެމްޕޭނުގައި ގާތްގަނޑަކަށް 13،000 ވަގު އަސްކަރީ އެކައުންޓްތަކަށް އަމާޒުކޮށްފައި ވާއިރު، އޭގެ ތެރޭގައި "ޗައިނީޒް ރެޑް އާމީ ކޮމާންޑް"، "ޗައިނީޒް އެންޓި ޓެރަރިސްޓް ފޯސް" އަދި "ސްޓްރެޓެޖިކް މިސައިލް ފޯސް" ފަދަ ނަންތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން 25،000 އެއްހާ އެކައުންޓް ބަންދުކޮށްފައި ވަނީ ބަލިތަކާއި ޕްރިވެންޝަން ކޮންޓްރޯލް ސެންޓަރުތަކާއި ދައުލަތުގެ ރިސާޗް އިންސްޓިޓިއުޓްތައް ފަދަ ދައުލަތުގެ މުއައްސަސާތައް ނަކަލުކޮށްގެންނެވެ.

އެގޮތުން 187،000 އެއްހާ މީހުންނަށް ޚަބަރުފަތުރާ ވަސީލަތްތަކުގެ ނަކަލުކޮށްގެން އަދަބު ދީފައިވާއިރު، 430،000 އަށް ވުރެ ގިނަ މީހުން ޕްރޮފެޝަނަލް ލަފަޔާއި ތައުލީމީ ހިދުމަތް ދީފައި ވަނީ ކަމާ ގުޅޭ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ނެތި ކަމަށް ތުހުމަތު ކުރެވެއެވެ.

ރެގިއުލޭޓަރުން ބުނީ ޕަބްލިކް ސެކިއުރިޓީ އާއި މާކެޓް ސުޕަވައިޒަން އަދި އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން ވަރަށް ބޮޑު ގެއްލުމެއް ދީ، ގާނޫނާ ހިލާފަށް "ސެލްފް މީޑިއާ" އިސްލާހު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.