27 May 2023, 15:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާ ޕާޓީ "ދަ ޑިމޮކްރެޓްސް" އަށް ނަޝީދުގެ މަންމާއާއި ބައްޕަ ސޮއިކުރައްވައިފިއެވެ.
ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދާއި، ބައްޕާފުޅު އަބްދުއްސައްތާރު އުމަރު އިއްޔެ އެ ޕާޓީއަށް ސޮއިކުރެއްވިކަން އެ ޕާޓީގެ އިސް އޮފިޝަލަކު ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވާފައެވެ.
އެދެބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފައި ވަނީ، އެ ޕާޓީއަށް އެމަނިކުފާނު ވެންނެވުމުގެ ކުރިންނެވެ. ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައެވެ. އެހެންނަމަވެސް ޕާޓީ ދޫކުރައްވައި ނަޝީދު 'ދަ ޑިމޮކްރެޓްސް' އާ ގުޅޭނެ ވަކި ދުވަހެއް އަދި އިނގިފައެއް ނުވެއެވެ.
އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވިދާޅުވަނީ ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަންނަވަން ބޭނުންފުޅުނުވަނީ މަޖިލީހުގެ ރައީސްކަން ގެއްލިދާނެތީ ކަމަށެވެ.
ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ ބުދަ ދުވަހުއެވެ.
ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި މިހާރު ފަށާފައެވެ.