28 Apr 2012, 11:00
އިންޑި އާއި ލަންކާ އަދި ދިވެހި ރާއްޖެ ގުޅިގެން މި މަހު 25 އިން 27ގެ ނިޔަލަށް ދޯސްތީގެ ނަމުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކަކީ ވަރަށް ކާމިޔާބު އަދި ވަރަށް ފައިދާ ކުރުވަނިވި ތަމްރީނުތަކެއް ކަމަށް އެމްއެންޑިއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ ތަމްރީނުތަށް ނިންމުމަށް ތިން ގައުމުގެ ކޮމާޑަރުން ބޭއްވި ފައިނަލް ބުރީފިންގައި ވާހަކަ ދައްކަމުން ތިން ގައުމުގެ ކޮމާންދަރުން ވެސް ވިދާޅުވީ ނިމިގެން ދިޔަ ތަމްރީނުތަކަކީ ވަރަށް ކާމިޔާބު އަދި ފައިދާ ކުރަނިވި ތަމްރީނުތަކެއް ކަމަށެވެ.
"މިއެކްސަސައިޒްގެ ސަބަބުން ތިން ޤައުމުގެ ކޯސްޓްގާޑަށް ވަރަށް ގިނަ އަމަލީ ތަޖުރިބާތަކެއް ލިބިގެން ގޮސްފައިވާކަމަށް މި ބުރީފިންގައި ފާހަގަ ކޮށްފައިވޭ،" އެމްއެންޑީއެފް އިން ބުންޔެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ އެ ބްރީފިންގައި ކޮމާންޑަރުން ވަނީ، ނިމިގެންދިޔަ އެކްސަސައިޒްގައި ފާހަގަކުރެވުނު ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.
"މިގޮތުން އެކްސަސައިޒްގެ ތެރޭގައި ކުރިއަށްގެން ދިޔަ ވަކިވަކި ތަމްރީނުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެތަމްރީނުތަކުގައި ފާހަގަކުރެވުނު ރަނގަޅުކުރަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކި،" އެމްއެންޑިއެފް އިން ބުންޔެވެ.
މި ތަމްރީނުތައް ނިންމައި ތިން ގައުމުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ތިން ގައުމުގެ ސިފައިން ބަހާލައިގެން ވަނީ ވޮލީ މެޗެއް ކުޅެފަ އެވެ.
"ދޯސްތީ" ތަމްރީނުތަކަކީ އިންޑިއާ އާއި ރާއްޖެ ގުޅިގެން 1991 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ތަމްރީނު ތަކެ ކެވެ. މިތަމްރީނުތަކުގައި ލަންކާ ބައިވެރި ވީ އަލަށެވެ.