ފ. އަތޮޅު ފިލިތެޔޮ ކައިރިން ކަނޑު އަޑިއަށް ފައްތާފައި ހުއްޓައި އަތުލައިގަތީ 45 ކިލޯގެ ހެރޮއިން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފިލިތެޔޮ ކައިރި ސަރަހައްދެއްގެ ކަނޑުއަޑީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު ރިޕޯޓާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނެއް ފެށީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަން ނިންމާލިކަން ހާމަކޮށް މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފެނުނީ މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މީގެ ކުރިން "ސަން"އަށް މައުލޫމާތު ދިން، މި މަސްތުވާތަކެތި ފެނިގެން ރިޕޯޓު ކުރި މަސްވެރިން ނިސްބަތްވާ، ފީއަލީ ކައުންސިލުގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ، އަތުލައިގެންފައި ވަނީ 80 ކިލޯގެ މަސްތުވާތަކެތި ކަން ފުލުހުންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.