27 Apr 2012, 16:54
މާފަންނުން މަޖީދީމަގު މިލިއަން ބުކްސޮޕް ކައިރިން މިއަދު ހަވީރު ތޫނުއެއްޗަކުން ހަމަލާދީ ޒުވާން ފިރިހެން ކުއްޖެއް ޒަހަމުކޮށް ލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު 3.30 އެހާކަންހާއިރު ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ މެޔަށާއި ބުރަކައްޓަށް ވަނީ ވަޅި ހަރައިފަ އެވެ. އަދި ހަމަލާދިން މީހުން ވަނީ ފިލާފައި ކަމަށާއި އެ މީހުން ހަމަލާދިން ދެ ވަޅި ކާނެއްގެ ތެރެ އަށް އެއްލާލައިފައިވަނިކޮށް، ޒަހަމުވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ މީހުން ވަނީ އެ ދެ ވަޅި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާގެ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު ތޫނު އެއްޖަކުން ހަމަލާ ދީގެން ކުއްޖަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.