22 May 2023, 23:12
އާޓިފިޝަލް ގްރީންހައުސް ފާމެއްގައި މެރުއާނާ ހެއްދި މީހަކު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާ ތަކެއްޗާއެކު މާލެއިން މިއަދު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ އުމުރުން 30 އަހަރުގެ މުހައްމަދު ޝަމްއޫނެވެ.
މި މީހާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި ފުލުހުންގެ މި އޮޕަރޭޝަން އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. އެގޮތުން ބަލައިފާސްކުރިިއިރު، މެރުއާނާ ކަމަށް ޝައްކުކުރެވޭ ގަސްތައް ފެނުނީ އެތަނުގައި ހުރި ގްރީންހައުސްއެއްގެ ތެރެއިން ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
މަސްތުވާތަކެތި ކަމަަށް ޝައްކުކުރެވޭ ގަސްތަކުގެ އިތުރުން މަސްތުވާތަކެތި މިނެކިރާ ބަންދުކުރަން ބޭނުންކުރާ ބައެއް އާލާތްތަކާއި 76،100 އެތަނުން ހޯދާފައިވެއެވެ. އެތަނުުގެ ތެރޭގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓުތަކަކުން ޝަމްއޫނުގެ އިނގިލީގެ ނިޝާން ފެނިފައިވާ ކަމަަށް ވެސް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަން 30 ދުވަސް ޖަހާފައެވެ.
މި ފަހުން މާލޭ ގެޔެއްގެ ބެލްކަނީގައި ހައްދާފައި ހުރި މެރުއާނާ ގަސްތަކެއްގެ މައްސަލައެއް ވެސް ފެންމަތިވިއެވެ. އެ މައްސަލައިިގައި ހައްޔަރުކުރި މީހާ ވެސް ކްރިމިނަލް ކޯޓުން ބަންދުކުރީ 15 ދުވަހަށެވެ.