22 May 2023, 20:43
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ރިޕޯޓުކުރި، ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) އަމިއްލައަށް ގޮސް އާއިލާއާ ހަވާލުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ޢަބްދުއްނާފިޢު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ހޯދަން ފުލުހުން އިއުލާނުކުރީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.
އެ ކުއްޖާ ފެނިއްޖެ ކަން ހާމަކޮށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި، އާއިލާއާ ހަވާލާދީ ބުނީ، އޭނާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.