23 May 2023, 00:16
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން މިއަހަރުގެ ފުރަތަމަ ފޭހުގައި ޕްރޮޕޯސަލްތައް ހުށަހަޅަން ފުރުސަތު ހުޅުވާލީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ލިބުނު ހުށަހެޅުންތަކުގެ ތެރެއިން ހޮވުނު 10 ޕްރޮޖެކްޓަކީ:
ކުޑަކުދިންގެ ސްކޭޓް ޕާކު ތަރައްގީ ކުރުން – ރ. ދުވާފަރު، ޕްރޮޖެކްޓް ހުށަހެޅީ ދުވާފަރު ޒުވާނުންގެ ޖަމިއްޔާ
- ބެލިނިވެރިންނާއި ދަރިވަރުންނަށް މަޑުކޮށްލައިގެން ތިބޭ ހިޔާވާ ތަނެއް ގާއިމްކުރުން- ޏ. ފުވައްމުލައް، ޕްރޮޖެކްޓް ހުށަހެޅީ ދަޑިމަގު ޒުވާނުންގެ ޖަމުއިއްޔާ
- އޮޅަމަތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްގީކުރުން – ގދ. ހޯޑެއްދޫ، ޕްރޮޖެކްޓް ހުށަހެޅީ ހޯޑެއްދޫ ސްޕޯޓްސް
- ދޯދި ޕިކްނިކް އަދި ކޭމްޕިން ސަރަހައްދު ގާއިމްކުރުން – ބ. ދަރަވަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ދަރަވަންދޫ އެކުވެރި ޒުވާނުން
- ތިނަދޫ ކުޅި ތަރައްގީކުރުން – ގދ. ތިނަދޫ، ޕްރޮޖެކްޓް ހުށަހެޅީ ހުވަދޫ ސްއިމިން ކްލަބް
- މުލަކު ސްކޫލުގައި ރީޑިން ޕާކެއް ގާއިމްކުރުން – މ. މުލަކު، ޕްރޮޖެކްޓް ހުށަހެޅީ ކޮމިއުނިޓީ އެންޕަވާމަންޓް ލިންކޭޖް
- ހާބަރުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން – ލ. ކުނަހަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް
- ނެއްލައިދޫ ސްކޫލަށް ކުޅިވަރު ސާމާނު ފޯރުކޮށްދިނުމާއި ތަމްރީން ދިނުން – ހދ. ނެއްލައިދޫ، ޕްރޮޖެކްޓް ހުށަހެޅީ ފަޓޯ ސްޕޯޓްސް އެކަޑަމީ
- އައްޑޫ އަތޮޅުގެ ރައްޔިތުންނަށް އޯޝަން އެޑިއުކޭޝަން މައުލޫމާތު ދިނުން – ސ. ހިތަދޫ، ޕްރޮޖެކްޓް ހުށަހެޅީ މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމް
- ބަނދަރުގައި ހިޔާއެއް ތައްޔާރުކުރުމާއި ފާހާނާ ހެދުން- –ސ. ފޭދޫ، ޕްރޮޖެކްޓް ހުށަހެޅީ އައްޑޫ އިކޯ ކްލަބް
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
ބީއެމްއެލް އިން ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެއެވެ.