22 May 2023, 12:01
ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމުން ފުލުހުން އެ ކުއްޖާ ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ހޯދަމުންދަނީ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ)އެވެ.
ޢަބްދުއްނާފިޢު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޢަބްދުއްނާފިޢު ވީނުވީ ތަނެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.