21 May 2023, 08:36
ހޮލީވުޑްގެ މަގުބޫލު ބަތަލާއިންގެ ތެރޭގައި ހިމެނޭ އެންޖެލީނާ ޖޯލީ އޭނާގެ އަމިއްލަ ފެޝަން ބްރޭންޑެއް ތައާރަފުކޮށްފިއެވެ.
ސަސްޓެއިނެބިލިޓީއަށް މިސްރާބު ޖަހައި ތައާރަފުކޮށްފައިވާ ފެޝަން ބްރޭންޑަށް ކިޔަނީ އެޓެލިއާ ޖޯލީއެވެ.
އެޓެލިއާ ލޯންޗު ކުރަމުން ޖޯލީ ބުނެފައިވަނީ މިއީ އެނާގެ މުޅިން އާ މަސައްކަތެއް ކަމަށެވެ. އަދި، މި ބްރޭންޑް ތައާރަފުކޮށްފައިވަނީ ބޭނުން ކޮންމެ މީހަކަށް ވެސް އަމިއްލަ ޑިޒައިންތައް އުފެއްދުމަށް މަގުފަހިކޮށްދީ ކޮންމެ މީހަކަށް ވެސް ފަސޭހައިން އުފެއްދުންތައް ބޭނުންކުރެވޭ ގޮތް ހެދުމަށް ކަމަށް އެންޖެލީނާ ބުންޏެވެ.
"އެޓެލިއާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ތަޖުރިބާކާރު ފެހުންތެރިންނާއި ކުދި ވިޔަފާރި ހިންގާ މީހުންގެ އެހީއާ އެކު އަމިއްލަ ތަފާތު ޑިޒައިންތައް ތައްޔާރުކޮށް އެ ބޭނުންކުރުމަށް ފުރުސަތު ހޯދައިދޭނެ ޕްލެޓްފޯމެއް،" އެންޖެލީނާ ފާހަގަކުރިއެވެ.
މި މަސައްކަތައް ޝައުގުވެރިކަން އުފެދުނީ އެންޖެލީނާއާ އެކު މަސައްކަތް ކޮށްފައިވާ ތަފާތު ޑިޒައިންނަރުންނާއި ފެހުންތެރިންގެ މަސައްކަތް ފެނިފައި ކަމަށް އޭނާ ބުުނެއެވެ.
https://www.instagram.com/p/CsWTgP1JJuO
އެ ކުންފުންޏާ ގުޅޭ ގޮތުން އިތުރަށް ނެރުނު ބަޔާނެއްގައި ބުނެފަައިވަނީ އެ ކުންފުނީގެ އަމާޒަކީ ފެޝަން އިންޑަސްޓްރީ ޑިމޮކްރަޓައިޒް ކުރުމުގައި އެހީތެރިވާން ކަމަށެވެ. އަދި، ވަކި ބަޔަކަށް ފައިދާ ހޯދުމުގެ ބަދަލުގައި މަސައްކަތް ކުރާ ހުރިހާ ފެހުންތެރިންނާއި ޑިޒައިނަރުންނަށް ވެސް ފައިދާ ވާނެ ގޮތްތައް ހޯދައިދިނުމަށް ބޭނުންވާ ކަމަށް އެޓެލިއާއިން ބުނެއެވެ.
އެޓެލިއާއިން ޕްރޮޑަކްޓުތައް އުފައްދާނީ ކޮންމެ ކަހަލަ ހަށިގަނޑަކަށް ވެސް ލެވޭ ގޮތަށް ބަލައި އެ ކަަމަށް ބޮޑު އަހައްމިއްޔަތެއް ދީގެން ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި، ކުންފުނިން ސިންދަފާތު ކުރުމަށް ވެސް ބޮޑު ސަމާލު ކަމެއް ދޭނެ ކަމަށާއި އުފެއްދުންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ތިމާވެށްޓާ އެކުވެރި ގޮތްތައް ހޯދުމަށް އިސްކަން ދޭން ކަމަށް އެޓެލިއާއިން ބުނެއެވެ.