ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މި އޮޕަރޭޝަނުގައި ބަންގްލަދޭޝް އަށް ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއްގެ އިތުރުން ތައިލެންޑްގެ ހަތަރު އަންހެނުން އަތުލައިގެންފައިވެއެވެ.

މި މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ފުލުހުުން ބުނި ގޮތުގައި، މި އޮޕަރޭޝަނަކީ ރާވައިގެން ހިންގާ ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހަށިވިއްކުމުގެ މައްސަލަތަކުގެ މައްސަލަތައް ފެންމަތިވަމުންދާއިރު، ފާއިތުވި ހަތަރު އަހަރު ހަށިވިއްކުމުގެ ޖުމްލަ 58 މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކޮށްފައެވެ.