ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި ކައުންސިލްތަކުގެ މަސައްކަތް ވިލަރެސް ކުރުމަށް، ގާނޫނުގައި ބުނާ ލޯކަލް ގަވަމެންޓް އޮތޯރިޓީ، ރައީސުލްޖުމުހޫރިއްޔާ މުހަންމަދު ނަޝީދު އިއްޔެ އުފައްދަވައި އެ އޮތޯރިޓީގެ މަސްއޫލުވެރިކަން ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާ ހަވާލުކުރައްވައިފި އެވެ.


ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލިހުން ފާސްކުރީ މިދިޔަ މެއި މަހު ކުރީކޮޅުގަ އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ.