26 Apr 2012, 14:25
"ބިސްކޯދު ކުޑަކުދިން" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވާ ގޮތަށް އަމިއްލަ ވިޔާފާރި ކުންފުނި ގްޑް ސްމާޓް ޕްރައިވެޓް ލިމިޓެޑުން ހަމަޖައްސައިފި އެވެ.
ގްޑް ސްމާޓް ޕްރައިވެޓް ލިމިޓެޑުގެ މަޝްހޫރު އެމްޔޫ ސްޓޯރުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ އާޓިފިޝަލް ބީޗްގައި މާދަމާ އާއި ހޮނިހިރު ދުވަހުގެ ހަވީރު އެވެ.
އެމްޔޫ ސްޓޯރުގެ މާކެޓިން މެނޭޖަރު، އަހުމަދު ލިލާލް ވިދާޅުވީ ހުކުރު، ހޮނިހިރު ދުވަހު ބާއްވާ ހަވީރަކީ އެ ފިހާރައިން ރާއްޖެ އެތެރެ ކުރާ ޑީމާއެޗް ބިސްކޯދު ޕްރޮމޯޝަނެއްގެ ގޮތުގައި ބާއްވާ ހަވީރެއް ކަމަށާއި ހަވީރުގައި އޮންނާނީ ކުޑަކުދިންނަށް ބިސްކޯދުގެ ރަހަށް ދައްލާލުން ކަމަށެވެ.
"މި ހަވީރުގައި ކުރިއަށް ދާނީ އެމްޔޫ ސްޓޯރުގެ ޑީމާއެޗް ބިސްކޯދުގެ ރަހަ ކުޑަކުދިންނަށް ދެއްކުން" ލިލާލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ބިސްކޯދުގެ ރަހައްދެއްކުމުގެ އިތުރުން ކުޑަކުދިންގެ ޝައުގުވެރިވާ އެކި ހަރަކާތްތައް ކާޓޫން ކެރެކްޓާތަކާއެކު ކުރިޔަށް ގެންދާނެ ކަމަށެވެ.
ޑީމާއެޗް ބިސްކޯދަކީ ސްޓޯބެރީ އާއި ވެނީލާއާއި ޗޮކްލެޓާއި ސްޓޯބެރީ އިތުރުން ކަސްޓަޑާއި ލެމަން އަދި ބާނާނާ ފަދަ ރަހަތަކެއް ހިމެނޭ މި ބިސްކޯދެކެވެ.