17 May 2023, 13:54
މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ، 30،އެވެ. އޭނާ ހޯދަން އިއުލާން ކުރީ މިއަދު ހެނދުނެވެ.
ފުލުހުން ބުނީ، މިހާރު އޭނާ ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޢަލީ ޢާތިފް ސާފީ، ގެއްލިގެން ހޯދަން މިއަދު ފުލުހުން އިއުލާނުކުރީ، ހުކުރު ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެ، ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހޯމަ ދުވަހުގެ ވަގުތެއްގައި ހުށަހެޅުމުންނެވެ.
ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ޑިޕާޓްމަންޓްތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަލީ ޢާތިފް ހޯދުމުގެ މަސައްކަތް ކުރި ކަމަށެވެ.
މިގޮތަށް މީހުން ގެއްލިގެން ފުލުހުން ދޭތެރެއަކުން އިއުލާން ކުރެއެވެ. އިއުލާން ކުރުމާއެކު ގިނަ މީހުން ފެނެއެވެ.