26 Apr 2012, 12:43
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ހަމަޖައްސަވާފައި ވަނީ، ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ކުރީގެ ޑީން، ބ. އޭދަފުށި ހަތިހާ، އާސިމް އަބްދުއްސައްތާރު ކަމަށެވެ.
އަބްދުސައްތާރަކީ 1991 ވަނަ އަހަރުން ފެށިގެން އެޑިއުކޭޝަން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް އައްދުއްސައްތާރު ހަމަޖައްސަވާފައި ވަނީ ކުރިން އެ މަގާމު ފުރުއްވި، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ފެބްރުއަރީ އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.