މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ އައު މަގާމުތަކަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއުލާން ކޮށްފިއެވެ.

އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު މިއަދު "ސަން"އަށް ވިދާޅުވީ އިންތިޚާބާ ގުޅިގެން އެކި ދުވަސްވަރަށް ބޭނުންވާ އެކި މަގާމުތަކަށް އިއުލާނުކުރަމުންދާ ކަމަށެވެ. އަދި އެއީ ވަގުތީ މަގާމުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތަރުހީބު ފުދޭވަރަކަށް ރަނގަޅު. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންވަަރަކަށް ވެސް ނުލިބޭ. ދުވާލަކު 100އެއްހާ އެޕްލިކޭޝަން އެބަ ލިބޭ. އެކަަމަކު އަޅުގަނޑުމެން އެބަ ބޭނުންވޭ ހަ ހާސް،" ފުއާދު ވިދާޅުވިއެވެ.

ޔުނިވާސިޓީތަކާއި ސަރުކާރުގެ މުއައްސަަސާތަކާއ ގުޅިގެން އިތުރަށް މީހުން ހޯދުމުގެ މަަސައްކަތްކުރަމުންދާ ކަަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން އަލަށް ހުޅުވައިލި މަގާމުތަކަކީ:

  1. ކޮމްޕްލެއިންސް ބިޔުރޯގެ މެންބަރު

  2. މެނޭޖަރު
  3. މީޑިއާ އޮފިސަރު
  4. ސީނިއާ އޮފިސަރު
  5. ގްރެފިކްސް ޑިޒައިނަރު
  6. ފޮޓޯގްރާފަރު
  7. އޮފިސަރު
  8. ޓްކް އޮފިސަރު
  9. މަސައްކަތު
  10. ސެކިއުރިޓީ އޮފިސަރު
  11. ޑްރައިވަރު
  12. ސަޕޯޓް އޮފިސަރު
  13. ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އޮންނާނީ ސެޕްޓެމްބަރު ނުވައެއްގައެވެ. ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ އޮންނާނީ އެ މަހުގެ 30ގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.