ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އާ ބެހޭ މައުލޫމާތު ވިޔަފާރިވެރިންނަށް ދިނުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވޯކްޝޮޕްތަކެއް ފަށައިފި އެވެ.

މީރާއިން ބުނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތައް އެ ވޯކްޝޮޕްތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެ ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް މީރާގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވައިވާ ކަމަށެވެ.

"ރެޖިސްޓްރޭޝަން އޮތީ އެންމެނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައި. އަދި ރެޖިސްޓްރޭޝަން ބަންދުކުރާނެ ތާރީހެއް ވެސް ނެތް ކަޑައެޅިފައެއް،" މީރާގެ އޮފިޝަލަކު ވިދާޅުވި އެވެ. އެ އޮފިޝަލު ވިދާޅުވީ އަންނަ މަހުގެ ތެރޭ އަތޮޅުތަކުގައި ވެސް އެ ޕްރޮގްރާމް ފަށާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ބީޕީޓީ ދެއްކުމުގެ އެންމެ ފަހުގެ ތާރީހަކީ 30 ޖޫން 2012 އެވެ.