15 May 2023, 20:51
ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުމާ މެދު ބާ ކައުންސިލުގެ ރަޢުޔު ހާމަކުރަން ނިންމައިފިއެވެ.
މި މައްސަލައިގައި އެ ކައުންސިލުގެ ރަޢުޔު ހާމަކޮށްދިނުމަށް އެދި ބާ ކައުންސިލަށް ހުށަހެޅީ އެ ކައުންސިލްގެ މެންބަރެކެވެ. އެ ކައުންސިލުން ބުނީ އެއީ ގައުމީ މުހިއްމު މައްސަލައެއް ކަމަށެވެ.
އަދި، އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާ ކަންތައްތަކާ ގުޅިގެން ބާ ކައުންސިލުގެ ރަޢުޔާއި މައުލޫމާތު ހާމަކުރުމަކީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ މަތިން އެ ކައުންސިލާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.
އޭގެ އިތުރުން އެ މައްސަލަ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމީޓީން ބަލައިގަނެ، މައްސަލަ ދިރާސާ ކުރުމަށް ބާ ކައުންސިލްގެ ލޯ ރިފޯމް އެންޑް ރީސާޗް ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފައެވެ.
އިން ވަކިކުރި ގޮތާ މެދު ހިތްހަމަ ނުޖެހި ސަރުކާރާ ދެކޮޅު ޕާޓީތަކުން ވަނީ އިއްތިހާދެއް ވެސް އެކުލަވާލައިފައެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.