15 May 2023, 16:38
އިން ބެހި ގޮތުން ހިތްހަމަނުޖެހިގެން އިދިކޮޅު އިއްތިހާދުން ހުށަހެޅި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
އިދިކޮޅު ޕީޕީއެމާއި ގުޅިގެން ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުން ވަނީ އިދިކޮޅު އިއްތިހާދެއް އެކުލަވައިލައި ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކެއް ހުށަހަޅަން ނިންމައިފައެވެ.
އެގޮތުން މިއަދު ހެނދުނު ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފައެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން "ސަން"އަށް ކަށަވަރު ކޮށްދިން ގޮތުގައި އެ މައްސަލަ މިއަދު ހަވީރު ވަނީ އަނބުރާ ގެންގޮސްފައެވެ.
އެނގިފައިވާ ގޮތުގައި ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލައިގައި ސޮއިކުރަން ބޭނުންވާ އިތުރު މެންބަރުން ތިބުމުންނެވެ. އަދި، އެ މައްސަލަ އަލުން މި ބުރާސްފަތި ދުވަހު އަލުން ހުށަހަޅަން ވަނީ ނިންމައިފައެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއެރި ކަނޑުގެ ސަރަހައްދުން ބޮޑުބައި ރާއްޖެއަށް ލިބޭ ގޮތަށް, އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ކަމު ނުގޮސްގެން އިދިކޮޅު އިއްތިހާދުން ވަނީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދައިފައެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.