ރާއްޖޭގެ އެންމެ މަޝްހޫރު ރިސޯޓް ފުޓްސަލް މުބާރަތް ކަމަށްވާ ޓެކާސް ފުޓްސަލް ކަޕުގެ ގޯލްޑް ޕާޓްނަރުކަން ވިލާ ޓްރޭޑިން އިން ނަގައިފިއެވެ.

މިއަދު ފެށޭ މި މުބާރާތުގެ ގޯލްޑް ޕާޓްނަރަކަށް ވިލާ ޓްރޭޑިން ހަމަޖެހިފައިވީއިރު، މި މުބާރާތް މިއަދު ފެށުމަށް ހަމަޖެހިފައިވަނީ ކަނޑިންމަ މޯލްޑިވްސްގައެވެ.

މިކަމާ ގުޅޭ ގޮތުން ވިލާއިން ބުނީ މި މުބާރަތް ސްޕޮންސާ ކުރުމުގެ އެންމެ މައިގަނޑު މަޤްސަދަކީ ވިލާގެ އެކި ތަކެތި އެކި ފަރާތްތަކަށް އިޝްތިހާރު ކުރުމުގެ އިތުރުން، ޒުވާނުންގެ ބައިވެރިވުން އިތުރުވާ މިފަދަ ކަންކަމުގައި ވިލާއިން ބައިވެރިވުން ކަމަށެވެ.

ވިލާ ޓްރޭޑިން އަކީ ނިމިދިޔަ 2021ވަނަ އަހަރުގެ ތެރޭގައި އުފެދުނު ކުންފުންޏެކެވެ.

ޒުވާނުންގެ ހުނަރު ފެންނަ މިފަދަ ކުޅިވަރުތަކުގައި އެ ކުންފުނިން ބައިވެރިވާއިރު، އެ ކުންފުންޏަކީ މިފަދަ ކުޅިވަރުތައް ކުޅޭ ފަރާތްތަކަށް ބޭނުންވާ ސިއްޚަތައް ފައިދާހުރި ސްޕޯޓްސް ޑްރިންކް އަދި އެނޫން ވެސް ތަކެތި ފޯރުކޮށްދޭ ބައެކެވެ.

އެ ކުންފުނިން ފޯރުކޮށްދޭ ތަކެއްޗަށް ބަލާއިރު، ކާބޯތަކެތި، ކޮސްމެޓިކްސް އަދި ގޭތެރޭގެ ސާމާނު ވެސް ހިމެނެއެވެ. އެ ކުންފުނީގެ ފިހާރަތައް ހުޅުމާލެ އަދި މާލޭގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ.

ވިލާ ޓްރޭޑިން އިން ގޯލްޑް ސްޕޮންސާކަން ނެގި ޓެކާސް ރިސޯޓް ކަޕަކީ ރާއްޖޭގައި ބޭއްވޭ މަތީ ފެންވަރެއްގެ ފުޓްސެލް މުބާރާތެކެވެ. މި މުބާރާތުގައި 80 އަށް ވުރެ ގިނަ ޓީމު ބައިވާއިރު، މި މުބާރާތުގެ މުއްދަތު ދެތިން މަހަށް ވެސް ދިގުލައިގެން ދެއެވެ.