13 May 2023, 20:44
ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކްޓިވިސްޓުން އުފެއްދުމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ޚާއްސަ ވޯކްޝޮޕްތަކެއް ބާއްވަން ނިންމައިފިއެވެ.
އެމްޓީޑީން މިއަދު ބުނީ މި ވޯކްޝޮޕްތައް ކުރިއަށް ގެންދާނީ އެ ޕާޓީގެ މެމްބަރުންނަށް ބާއްވާ ސިލްސިލާ ތަމްރީނު ވޯކްޝޮޕްތަކާއި ސެމިނާތަކުގެ ތެރެއިން ކަމަށެވެ.
އެމްޓީޑީގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކްޓިވިސްޓުން އުފެއްދުމަށް ކުރިއަށް ގެންދާ ފުރަތަމަ ބައްދަލުވުން ވަނީ މިއަދު ހެނދުނު 9:00 އިން 16:00އަށް ޝީބިލްޑިންގުގެ ތިން ވަނަ ފަންގިފިލާގައި ބާއްވާފައެވެ.

ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކްޓިވިސްޓުން އުފައްދަން އެމްޓީޑީން ފެށި ވޯކްޝޮޕްގެ ތެރެއިން --
އެމްޓީޑީން އިތުރަށް ބުނީ "ޕޮލިޓިކަލް އެކްޓިވިޒަމް އެންޑް ލީޑާޝިޕް ވޯކްޝޮޕް"ގެ ބޭނުމަކީ، ތަމްރީނާއި ތަރައްގީގެ ތެރެއިން ފިއުޗާ ލީޑަރުން އުފެއްދުމަށް ފޯކަސް ކުރުން ކަމަށެވެ.
އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެހުންނަވާ އުފެއްދެވި ޕާޓީއެކެވެ.