25 Apr 2012, 22:33
އިސްލާމް އާބާދު (މާޗް 25): ނިއުކްލިއާ ހަތިޔާރުއުފުލުމުގެ ގާބިލްކަން ލިބިގެންވާ މެދުރާސްތާގެ މިސައިލެއްޕާކިސްތާނުން މިއަދު ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފި އެވެ.
މިމިސައިލް ތަޖްރިބާކުރިތަނެއް އަދި މިމިސައިލްއާ ބެހޭ އިތުރު މަޢްލޫމާތެއް ޕާކިސްތާނުން ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް ޕާކިސްތާނުން ތަޖްރިބާކުރީ ތިން ހާސް ކިލޯމީޓަރާއި ދެ ހާސް ކިލޯމީޓަރުގެ ރާސްތާގެ "ޙަތްފު 4 ޝާހީން1" މަރުކާގެ މިސައިލެއް ކަމަށް އެޤައުމުގެ މީޑިޔާ އިން ޚަބަރުދެ އެވެ. ޕާކިސްތާނުގައި އުފައްދާ އެންމެ ދުރުރާސްތާގެ މިސައިލަކީ މަރުކާގެ މިސައިލެވެ.
މިއަދު ހެނދުނު ޕާކިސްތާނުން ތަޖްރިބާކުރި މިމިސައިލް އިންޑިޔާގެ ކޮންމެ ތަނަކަށް ވެސް ފޯރާނެ ކަމަށް ކަމާ ބެހޭ ރިޕޯޓްތައް ބުނެ އެވެ. މިމިސައިލް ތަޖްރިބާއާ ބެހޭ މަޢްލޫމާތު ޕާކިސްތާނުން އިންޑިޔާ، އީރާން އަދި ގަލްފުގެ ޢަރަބި ޤައުމުތަކަށް ދިންކަމަށް ޕާކިސްތާނުގެ ދިފާޢީވުޒާރާ އިން ބުނެ އެވެ.
މިދިޔަ ހަފްތާގައި އިންޑިޔާ އިން ވަނީ ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ޤާބިލްކަން ލިބިފައިވާ އިންޓާ ކޮންޓިނެންޓަލް ބެލަސްޓިކް މިސައިލެއް ތަޖްރިބާކޮށްފަ އެވެ. މިއީ ދުނިޔޭގެ އެއްބައްރުން އަނެއްބައްރަށް ފޯރާވަރުގެ ސްޓްރެޓީޖިކް މިސައިލެއް އިންޑިޔާ އިން ތަޖްރިބާކުރި ފުރަތަމަ ފަހަރެވެ. މިމިސައިލް ތަޖްރިބާ ކުރުމުގެ ކުރިން އެކަމާ ބެހޭ މަޢްލޫމާތު އިންޑިޔާ އިން ޕާކިސްތާނަށް ދިންކަމަށް ޕާކިސްތާނުން ބުނެފައިވެ އެވެ.
އިންޑިޔާ އިން ތަޖްރިބާކުރީ މިސައިލަކީ 6 ހާސް ކިލޯމީޓަރުގެ ރާސްތާގެ މިސައިލެއް ކަމަށް އެޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފައިވެ އެވެ. (އަލްޖަޒީރާ)