Last Updated:
1 decade 4 year ago

ނާއިބު ރައީސް އާއި ވަޒީރުންނަށް ރުހުން ދީފި

    ބުލޮގު ޚުލާސާ
    ނައިބު ރައީސް ކަމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ވަހީދުއް ދީނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. އެމަނިކުފާނަށް ރުހުން ދެއްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އެއީ 45 ވޯޓެވެ.
    14:43

    ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނާއިބު ރައީސް ކަމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ، ހ. ޑީންސް ވިލާ، މުހައްމަދު ވަހީދުއްދީނަށާއި ރައީސް ވަހީދުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަހީދުއްދީނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ އެވަގުތު ޖަލްސާގައި ތިއްބެވި، 46 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 45 މެންބަރުންގެ އިއްތިފާގުންނެވެ.

    ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 14 ވަޒީރުންގެ ތެރެއިން 13 ވަޒީރަކަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވެސް ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 45 މެމްބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް ފޮރިން މިނިސްޓަރު ހ. ހުވަދޫ ޑރ. އަބުދުއްސަމަދު އަބުދުﷲ އަށް ރުހުން ދީފައިވަނީ ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ވޯޓްގައި ބައިވެރިވެ ވަޑައި ނުގަންނަވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމެވެ.

    ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ 14 ވަޒީރުންނަކީ ފޮރިން މިނިސްޓަރު ޑރ. އަބުދުއްސަމަދު އަބުދުﷲގެ އިތުރުން ހޯމް މިނިސްޓަރު ޏ.ފުވައްމުލަކު ދޫޑިގަން އީސްޓްލައިޓް، ޑރ. މުހައްމަދު ޖަމީލު އަހްމަދާއި، ޑިފެންސް މިނިސްޓަރު މ.ސީނު ކަރަންކާގޭ މުހައްމަދު ނާޒިމާއި އެޓާނީ ޖެނެރަލް މ. އާސްތާނާ އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރާއި، ހެލްތު މިނިސްޓަރު ހ.ވެހެލި ޑރ.އަހްމަދު ޖަމްޝީދު މުހައްމަދާއި އެޑިއުކޭޝަން މިނިސްޓަރު ގ. ފަރުކަނި ޑރ.އާސިމް އަހްމަދާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ގ. އުފާ އަހްމަދު މުހައްމަދާއި، ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު ގދ. ދެއްވަދޫ މާވެޔޮ ދަށުގެ ޑރ.އަހްމަދު ޝަމްޙީދު އާއި ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މ.ކޮތަންމާގެ މުހައްމަދު ހުސެއިން. އާދި މިނިސްޓާ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ ހ.ސާމަރާ އަހްމަދު އަދީބު އަބުދުލްޣަފޫރުގެ އިތުރުން މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ގއ.މާނެމްދޫ ސައީދު މަންޒިލް އައްޝައިޙް މުހައްމަދު ޝަހީމް އަލީ ސައީދެވެ. މީގެ އިތުރުން މިނިސްޓާ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓް މ.ދިމްޔާތު ޑރ.މުހައްމަދު މުއިއްޒާއި މިނިސްޓާ އޮފް ފިނޭންސް އެންޑް ޓްރެޝަރީ މާލޭ މުނިސިޕަލްޓީގެ ދަފްތަރު އަބުދުﷲ ޖިހާދާއި މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ހއ.އިހަވަންދޫ ވައިޖެހޭގެ އަހްމަދު ޝަފީޢު އެވެ.

    މިބޭފުޅުންނަށް ރުހުން ދެއްވި އިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރު ޝިފާގު މުފީދު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

    14:13

    އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލް ވެސް މަޖިލީހުން ފާސްކޮށްފި
    14:10

    ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ބިލް ފާސްކޮށްފި.
    14:08

    ސަރުކާރުގެ އޮފީސް ތަކުގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ފޮނުވި މައްސަލަ ކޮމެޓީން މަޖިލީހަށް ހުށަހެޅި ގޮތަށް ފާސްކޮށްފި. ފާސްކުރީ 43 ވޯޓުން. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރު އިންނެވި. މި ގޮތަށް ފާސް ކުރުމުން ސަރުކާރުން ހުށަހެޅި އާ ދެ މިނިސްޓްރީ، ޖެންޑާ އަދި ހިއުމަން ރައިޓްސް މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އުފައްދާނެ
    14:05

    މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ހއ. އިހަވަންދޫ ވައިޖެހޭގެ އަހްމަދު ޝަފީއު އަށް ވެސް ރުހުން ދެއްވައިފި، އެ މަނިކުފާނަށް ރުހުން ދެއްވީ ވެސް 45 ވޯޓުގެ އިއްތުފާގުން
    14:02

    މިނިސްޓާ އޮފް ފޮރިން އެފެއާޒް ހ. ހުވަދޫ ޑރ.އަބުދުއްސަމަދު އަބުދުﷲ އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދެއްވައިފި. މިފަހަރު ރުހުން ދެއްވީ 44 ވޯޓްގެ އިސްތިފާގުން. ހުރިހާ ވޯޓެއްގައި ވެސް ޝިފާގު ބައިވެރިވެ ވަޑައިގަންނަވާ.
    14:02

    މިނިސްޓާ އޮފް ފޮރިން އެފެއާޒް ހ. ހުވަދޫ ޑރ.އަބުދުއްސަމަދު އަބުދުﷲ އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދެއްވައިފި. މިފަހަރު ރުހުން ދެއްވީ 44 ވޯޓްގެ އިސްތިފާގުން. ވޯޓްގައި ބައިވެރިވަޑައި ނުގަންނަވަނީ އަބްދުﷲ އަބްދުއް ރަހީމް
    14:01

    މިނިސްޓާ އޮފް ފިނޭންސް އެންޑް ޓްރެޝަރީ މާލޭ މުނިސިޕަލްޓީގެ ދަފްތަރު އަބުދުﷲ ޖިހާދަށް ވެސް ރުހުން ދެއްވައިފި. ރުހުން ދެއްވީ 45 މެމްބަރުންގެ އިއްތިފާގުން. މި ވޯޓްގައި ވެސް ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު ޝިފާގު މުފީދު ބައިވެރިވެވަޑައިގެންނެވި.
    13:59

    މިނިސްޓާ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓް މ.ދިމްޔާތު ޑރ.މުހައްމަދު މުއިއްޒަށް ވެސް ވަނީ ރުހުން ދީފައި. އެމަނިކުފާނަށް ވެސް ވެސް ރުހުން ދެއްވީ 45 މެމްބަރުންގެ އިއްތިފާގުން. ހުރިހާ ވޯޓެއްގައި ވެސް ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު ޝިފާގު މުފީދު ބައިވެރިވެވަޑައިގަންނަވާ.
    13:57

    މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ގއ. މާނެމްދޫ ސައީދު މަންޒިލް އައްޝައިޙް މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދީފި. މި ފަހަރު ވެސް 45 މެމްބަރުންގެ އިއްތިފާގުން.
    13:55

    މިނިސްޓާ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ ހ. ސާމަރާ އަހްމަދު އަދީބު އަބުދުލްޣަފޫރަށް ވެސް ރުހުން ދެއްވައިފި. އެމަނިކުފާނަށް ވެސް 45 މެންބަރުން ރުހުން ދެއްވެވި.
    13:54

    މިނިސްޓާ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މ.ކޮތަންމާގެ މުހައްމަދު ހުސެއިން ޝަރީފަށް ވެސް މަޖިލީހުގެ ރުހުން އޮތް ކަމަށް ވަނީ ފާސްކޮށްފައި އެމަނިކުފާނަށް ވެސް 45 މެންބަރުން ވޯޓު ދެއްވެވި.
    13:51

    މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ގދ. ދެއްވަދޫ މާވެޔޮ ދަށުގެ ޑރ. އަހްމަދު ޝަމްޙީދަށް ވެސް މަޖިލީހުގެ ރުހުން އޮތް ކަމަށް ދެންމެ ވަނީ ފާސްކޮށްފައި. އެމަނިކުފާނަށް ވެސް ރުހުން ދެއްވީ 45 ވޯޓުން.
    13:50

    ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގ.އުފާ އަހްމަދު މުހައްމަދަށް ވެސް ރުހުން އޮތް ކަމަށް ފާސްކޮށްފި. އެއީ 45 ވޯޓުން.
    13:48

    ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި މިނިސްޓާ އޮފް އެޑިއުކޭޝަން ގ. ފަރުކަނި ޑރ.އާސިމް އަހްމަދަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތް ކަމަށް ފާސްކޮށްފި. އެމަނިކުފާނަށް ވެސް 45 މެންބަރުންގެ ވޯޓް ލިބި ވަޑައިގެންނެވި.
    13:46

    ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި މިނިސްޓާ އޮފް ހެލްތު އެންމޑް ފެމިލީ ހ. ވެހެލި ޑރ. އަހްމަދު ޖަމްޝީދު މުހައްމަދަށް ވެސް 45 ވޯޓުން ރުހުން ދެއްވައިފި.
    13:45

    އެޓާނީ ޖެނެރަލް މ.އާސްތާނާ އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރަށް ވެސް މަޖިލީހުގެ ރުހުން އޮތް ކަމަށް 45 ވޯޓުން ފާސްކޮށްފި.
    13:44

    ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި މިނިސްޓާ އޮރް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މ.ސީނު ކަރަންކާގޭ މުހައްމަދު ނާޒިމަށް ރުހުން އޮތް ކަމަށް ފާސްކުރީ ވެސް 45 ވޯޓުން
    13:43

    ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި މިނިސްޓާ އޮފް ހޯމް އެފެއާޒް ޏ. ފުވައްމުލަކު ދޫޑިގަން އީސްޓްލައިޓް، ޑރ. މުހައްމަދު ޖަމީލު އަހްމަދަށް ރުހުން އޮތް ކަމަށް ފާސް ކުރީ ވެސް 45 ވޯޓުންނެވެ.