19:00


ވާދަވެރި ޕާޓީތަކުގެ މެދުގައި ދެކެވެމުންދާ ވާހަކަތަކުން ނުކުންނަ ނަތީޖާއަކަށް ފުރިހަމައަށް ޢަމަލު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް ބުނެފައި ވަނީ ވަކި ނިޒާމަކަށް ރައީސުލްޖުމްހޫރިއްޔާ ބުރަވެވަޑައިގަންނަވާ ކަމުގައި ނޫސް ޚަބަރެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ނޫހެއް ކަމެއް ރައީސް އޮފީހުން ބުނެފައެއްނުވެ އެވެ. އަދި އެކަން އޮތީ ކޮންމެހެން އެގޮތަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.


އެ ނޫސް ރިޕޯޓް ބިނާކޮށްފައި ވަނީ، ރާއްޖޭގެ ސިޔާސީ މަސްރަޙާ މެދު ކަންތައްތައް ސާފުކޮށްދެމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ބައެއް ބަޔާންކުރަމުން ކަމަށް ވިދާޅުވެ، ނަމަވެސް ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެދުގައި މިހާރު ދެކެވެމުންދާ ވާހަކަތަކުގައި، ވަކި ނިޒާމަކަށް ބުރަވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިނުވާނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.