07 May 2023, 15:23
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިމަހު 29ގައި ބާއްވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ބޭންކުގެ 40 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ 29 މެއި ވާ ހޯމަ ދުވަހުގެރޭ 8:30 ގައި އިސްލާމިކް މަރުކަޒުގައެވެ.
އަހަރީ އާންމު ޖަލްސާގައި 2022 ވަނަ އަހަރުގެ ހިސާބުތައް ފާސްކުުރުމާއި ހިއްސާގެ ފައިދާ އަށް ބަހާނެ މިންވަރު ފާސްކުުރުމާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުުރުން އޮންނާނެއެވެ.
"މި ޖަލްސާގައި ބައިވެރިވެވޭނީ 21 މެއި 2023 ގެ ނިޔަލަށް މި ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށް" ކަަމަށް އެ ބޭންކުން ނެރުނު ނޯޓިސްގައި ވެއެވެ.
އަދި ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާ އަށް ހާޒިރުވާނަމަ ޕްރޮކްސީ ފޯމް ފުރުމަށް ފަހު އަހަރީ ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރު ކުރިން އެ ބޭންކަށް އަންގަންޖެހޭނެ ކަަމަށް ވެސް އެ ބޭންކުން ބުނެއެވެ.
ހިއްސާއަަކަށް ބެހުމަށް ބޭންކުގެ ބޯޑުން ނިންމާފައި ވަނީ 40 ރުފިޔާއެވެ.
ނަމަވެސް މިއަދަދު ފާސްކުރަންޖެހޭނީ އަހަރީ ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.