07 May 2023, 10:36
ދަރްމާ ޕްރޮޑަކްޝަންސްއާ ގުޅިގެން ޑައިރެކްޓަރު އަޔާން މުކަރުޖީ 2013ވަނަ އަހަރު އުފެއްދި ކާމިޔާބު ފިލްމު "ޔެ ޖަވާނީ ހެ ދިވާނީ"ގެ ސީކުއަލްއެއް ކުޅެން ޝައުގުވެރިވާކަމަށް އެކްޓަރު ރަންބީރު ކަޕޫރު ބުނެފިއެވެ.
ރަންބީރް ކަޕޫރު ލީޑްރޯލް ކުޅުނު މިފިލްމުގެ ބަތަލާއަކީ، ދިޕިކާ ޕަދުކޯންއެވެ.
ރަންބީރު ކަޕޫރުގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމުކަމަށްވާ "ޔެ ޖަވާނީ ހެ ދިވާނީ"ގެ ސީކުއަލްއެއް އުފައްދައިފިނަމަ ރީތި ފިލްމަކަށް އެފިލްމުވާނެކަމަށް އޭނާވަނީ ބުނެފައެވެ.
ރަންބީރުގެ ސަޕޯޓަރުންނާއެކު އޮންލައިންކޮށް ކުރެވުނު މުއާމަލާތެއްގައި އެކްޓަރު ބުނެފައިވަނީ، ސީކުއަލްއެއް އުފައްދާނަމަ "ޔެ ޖަވާނީހެ ދިވާނީ"ގެ ސީކުއަލްއަކަށް އިންތިޒާރުކުރާކަމަށާއި، އަޔާން މުކަރުޖީވަނީ ސީކުއަލްއަށް ވަރަށް ރީތި ވާހަކައެއްވެސް ލިޔެފައިކަމަށެވެ. އެހެންނަމަވެސް ފިލްމު "ބްރައްމަސްތުރާ"އަށް ވަގުތު ހުސްކުރުމަށްޓަކައި އަޔާން މިފިލްމުގެ ސީކުއަލް އުފެއްދުމުގެ ހިޔާލު އޭރު ދޫކޮށްލީކަމަށްވެސް ރަންބީރުވަނީ ބުނެފައެވެ.
ފިލްމު "ބްރައްމަސްތުރާ" ނިންމުމަށް ހަތް އަހަރު ނެގިއިރު "ޔެ ޖަވާނީ ހެ ދިވަނީ"ގެ ސީކުއަލް އުފެއްދުމުގެ ޚިޔާލު، ފިލްމުގެ މަސައްކަތް ކުރިޔަށްދިޔަ ދުވަސްވަރު އޭނާ ކުރި ކަމަށް ރަންބީރު ބުނެފައިވެއެވެ. އެހެންނަމަވެސް އަހަރުތަކެއްފަހުން މިފިލްމުގެ ސީކުއަލްއެއް ބެލުންތެރިންނާ ހަމައަށް އައުމަކީ އެކަށީގެންވާކަމެއްކަމުގައި ރަންބީރުވަނީ ބުނެފައެވެ.
ސީކުއަލްގައި ގެނެސްދޭނެކަމަށް ލަފާކުރެވެނީ އޭރު ފިލްމުން ފެނުނު ކެރެކްޓާސްގެ ހަޔާތުގެ ދިހަ އަހަރު ފަސްކަމަށްވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ކާމިޔާބު އެކްޓަރު ރަންބީރު ވަނީ ބުނެފައެވެ.
ރަންބީރު އާއި ދިޕިކާ މުހިއްމު ރޯލްއިން ފެނުނު މިފިލްމުން އެކްޓަރު އަދިތްޔަ ރޯއި ކަޕޫރު އަދި ކަލްކީ ކޮއެޗްލިންވަނީ ފެނިފައެވެ. އެންމެ 40 ކްރޯޑް ރުޕީސްއިން އުފެއްދި އެ ލޯބީގެ ކޮމެޑީ ޑްރާމާވަނީ ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.