06 May 2023, 18:45
ރާޅެއް އަރައިގެން ދިޔަ ވާތީ ރިޕޯޓު ކުރުމަށް ފަހު ގެއްލިގެން ހޯދަމުން ދިޔަ ލޯންޗު ފެނިއްޖެއެވެ.
އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ޖުމްލަ 30 މީހުން ދަތުރު ކުރަމުން ދިޔަ އެ ލޯންޗަށް ރާޅެއް އަރައިގެން ރިޕޯޓު ކުރީ މިއަދު ހަވީރުއެވެ.
އެއަށް ފަހު ލޯންޗުގެ މުއާސަލާތީ ޚިދުމަތް ކެނޑުމުގެ ސަބަބުން އެ ލޯންޗު ވީ ތަނެއް ނޭނގި އެމްއާރްސީސީ އަދި ކޯސްޓު ގާޑުން ވަނީ ލޯންޗު ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެމްއެންޑީއެފުން ދާދި ދެންމެ އަކު ބުނީ، އެ ލޯން މިހާރު ފެނިފައިވާ ކަމަށާއި، ދަތުރު ކުރަމުން ދަނީ މަގޫދޫ ކައިރިން ފ. އަތޮޅަށް ވަނުމަށް ކަަމަށެވެ. އަދި ލޯންޗުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޯސްޑް ގާޑް ހާބަރު ކްރާފްޓައް އެ ލޯންޗާ ކައިރި ކުރެވޭނެ ކަމަށެވެ.