25 Apr 2012, 11:59
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ.
ވެރިކަން ބަދަލުވި ގޮތުގެ މައުލޫމާތު ދެއްވުމަށް އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ނަޝީދު ރޭ ދަންވަރު މާލެ ވަޑައިގެންނެވި ވަގުތު އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވެ އެވެ.
މި މަހުގެ 17 ވަނަ ދުވަހު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ނަޝީދު ވަނީ އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ އިގްތިސޯދު ހަރުދަނާ ކުރުމަށް ތިން އަހަރުތެރޭ ކުރި މަސައްކަތުގެ ތެރެއިން އިންޑިއާގެ ވިޔަފާރިވެރިން ރާއްޖޭގައި 873 މިލިއަން ޑޮލަރުގެ އިންވެސްޓްކޮށްފައިވާ ކަމަށާއި އެ އިންވެސްޓްމަންޓްތައް ހިމާޔަތް ކުރަން ޖެހޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރަށް ދަންނަވާފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ވެސް އެ ދަތުރުފުޅުގައި އިންޑިޔާގެ ބައެއް ޓީވީ ޗެނަލްތަކަށް ނަޝީދު ވަނީ ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފަ އެވެ.