25 Apr 2012, 11:30
ކަރަންޓަށް ދިމާވި މައްސަލައެގައި ގ. ލައިޓްގްރީން ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
މިއަދު ހެނދުނު 10:15 ހާއިރު ލައިޓް ގްރީންގައި ރޯވީ އެގޭގައި ފުރަތަމަ ފަންގިފިލާގައި ހަދާފައި ހުރި އޮފީހެއްގަ އެވެ.
ފުލުހުން ބުނީ އަލިފާނުގެ އެ ހާދިސާގައި އޮފީހުގެ ބައެއް އެއްޗެއްސަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުދެ އެވެ. އަލިފާން ރޯވި އިރު އެ ސަރަހައްދުގައުި ހުރި މީހަކު ބުނީ އެގޭގައި ރޯވީ ކަރަންޓަށް ދިމާވި މައްސަލައެއްގައި ކަމަށް ބެލެވޭ ކަމަށާއި ރޯވި އިރު އޮފީހުގައި މީހަކު ނެތް ކަމަށެވެ.
މީގެ ހަފްތާ އެއް ކުރިން ވަނީ ހ. ކިނާރާގޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެފަހަރު ވެސް ރޯވެފައި ވަނީ ކަރަންޓް ސޯޓެއް ވެގެން ނެވެ.