25 Apr 2012, 11:05
ޓޫރިސްޓު ދެމަފިރިއަކު ދަތުރުކުރި ޔޮޓެއް (ދެމަފަރިން ބޯޓު) ފަރަށް އަރައިފި އެވެ. ހުޅުލެއާ ދިމާއިން ޔޮޓް ފަރަށް އެރި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެމްއެންޑީއެފުން ބުނީ އޮސްޓްރޭލިޔާގެ “ފެސްޓިނާ ލެންޓެ” ނަމަކަށް ކިޔާ ޔޮޓް ފަރަށް އެރީ ރޭ އިރާކޮޅު، ކަމަށާއި ޔޮޓް އުރިފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލާ ދިމާއިންނެވެ. ޔޮޓު އުރުނީ އިންޖީނު ފެއިލްވެ ރިޔާލުގައި ދުއްވަމުން ދަނިކޮށެވެ.
އެމްއެން ޑީއެފްން ބުނީ ޔޮޓެއް އޮޔާދާކަމަށް މައުލޫމާތު ލިބުމުން ރޭ އެސަރަހައްދަށް ގޮސް ޔޮޓަށް އެހީވެދީ 11:15 ހާއިރު ފުންކޮށްފައިވާ ކަމަށެވެ. އުރުމުގެ ސަބަބުން ޔޮޓަށް ގެއްލުމެއް ލިބުނު ކަމެއް އެމްއެންޑީއެފަކުން ބުނެފައެއް ނުވެއެވެ.
މިމަހުގެ ކުރީކޮޅު 23 ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ސަފާރީއެއް ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަރަށް މިމަހު ކުރީ ކޮޅު ވަނީ އުރިފަ އެވެ.