އައްޑޫ ފޭދޫ ޓްރެކް ސަރަހައްދު މޫދަށް ވެއްޓުނު ކުޑަކުއްޖަކު މަރުވެއްޖެއެވެ.

ފޭދޫ ޓްރެކް ސަރަހައްދުގައި ހުރި ރެސްޓޯރަންޓަކަށް އާއިލާއާ އެކު ދިޔަ ކުޑަ ކުއްޖަކު ގެއްލިގެން ހޯދަން ފެށީ މިއަދު ހަވީރު 6 ޖަހަން އުޅެނިކޮށެވެ.

އެ ކުއްޖާ މޫދުން ނަގައިގެން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ފޭދޫ ސިއްހީ މަރުކަޒަށެވެ. އެއަށް ފަހުގައި ވަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ވެސް ފަރުވާދީފައެވެ. އެ ކުއްޖާ މަރުވެފައިވަނީ އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މަރުވެފައިވަނީ ފޭދޫ ސުކޫލުގެ ޔޫކޭޖީގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރު މުހައްމަދު އަޔާން އަބްދުﷲއެވެެ.

އެ ކުއްޖާ ނިޔާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އެ ކުއްޖާގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ.