ކެޕްޓަން ޖޯން ޓެރީއާއެކު ޗެލްސީގެ ހަތަރު ކުޅުންތެރިއަކު ޗެމްޕިއަންސް ލީގު ފައިނަލަށް ސަސްޕެންޑްވެއްޖެ އެވެ.

އަނެއް ތިން ކުޅުންތެރިންނަކީ ރޭ ބާސެލޯނާ އަތުން 2-2 އިން އެއަވަރުވެ 3-2ގެ އެގްރިގޭޓުން މޮޅުވެ ފައިނަލަށް ދިޔަ މެޗުގައި ރީނދޫ ކާޑު ދެއްކި ބްރަނިސްލާވް އިވަނޮވިޗާއި ރަމިރޭޒް އަދި ރައުލް މެއިރަލޭސް އެވެ. މި ކުޅުންތެރިންނަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެފަ އެވެ.

ޖޯން ޓެރީ އަށް ރަތްކާޑު ދެއްކީ ބޯޅަނެތީސް ފަހަތުން އެލެކްސިސް ސަންޗޭޒަށް ހަމަލާދިން ކަމަށް ބަލާފަ އެވެ. މި ކާޑާ ގުޅިގެން ޗެމްޕިއަންސް ލީގުގެ ތިން މެޗަކަށް ޓެރީ ސަސްޕެންޑްވާނެ އެވެ.

މި ކާޑަށް ޗެލްސީ އެޕީލް ކުރާނެ ކަމަށް ބެލެވެ އެވެ. އެއީ މެޗަށް ފަހު ގަސްތުގައި ފައުލް ނުކުރާ ތަކުރާރުކޮށް ބުނެ ޓެރީ އިންޓަވިއުދީފައިވާތީ އެވެ.