24 Apr 2012, 19:29
ނޮޅިވަރަމުން މިއަދު ގެއްލުނު މެދު އުމުރުގެ އަންހެން މީހާ ފެނިއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އެ ރަށު ޒަމާނީވިލާ އަޒުރާ އަބުދުއްލަތީފު،28، ފެނުނީ އެ ރަށު ކުޅީގެ ތެރެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެއްވަ އެވެ.
ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަލީ ނާޒިމް މިއަދު ވިދާޅުވީ އަޒުރާ ގެއްލިގެން އޭނާގެ ފިރިމީހާގެ އާއިލާ އިން ރަށު ކައުންސިލަށް އެންގީ މިއަދު ހެނދުނު 9:15 ހާއިރު ކަމަށެވެ.
"މައުލޫމާތު ލިބުނީ އޭނާގެ މަންމަ އާއި ދެ މީހުން ކުރި ޒުވާބަކަށް ފަހު މިދަނީ މަރުވާށޭ ކިޔާފަ ގެއިން ނުކުމެގެން ދިޔައީ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
ެ