02 May 2023, 09:50
ތަފާތު އެކި ކަހަލަ ކޮންޓްރޮވާޝަލް މައްސަލަތައް ހުރި ނަމަވެސް ފެޝަންގެ އެންމެ ބޮޑު އަހަރީ އިވެންޓް "މެޓް ގާލާ" އިން ވަރުގަދަ ޑިޒައިންތަކެއް ދައްކައި ކާމިޔާބު ކަމާ އެކު އިވެންޓު ކުރިއަށް ގެންގޮސްފިއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ހަފުތާގައި ބާއްވާ މެޓް ގާލާ އަކީ ފެޝަންގެ އެންމެ ނުފޫޒުގަދަ ސްޓައިލްތަކާއި ޝަހުސިއްޔަތުތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ.
ވޯގްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މެޓް ގާލާގެ މި އަހަރުގެ ތީމް އަކީ ވަރަށް ފަހަކާ ޖެހެންދެން ފެޝަން އިންޑަސްޓްރީއަށް ނުފޫޒު އޮތް ކާލް ލެގަފެލްޑްގެ ޑިޒައިންތަކެވެ. މި އަހަރުގެ މެޓް ގާލާގައި ދައްކާލާނީ ލެގަފެލްޑްގެ ޑިޒައިންތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހެދުންތަކެވެ.
https://twitter.com/thesoftestaura/status/1653225395318136832?s=20
ލެގަފެލްޑްގެ ޑިޒައިންތައް މި އަހަރުގެ ތީމް ކަމަށް ކަނޑައެޅުމުން އެތައް ބައެއްގެ ނުރުހުން ވަނީ މެޓް ގާލާއަށް އަމާޒުވެފައެވެ. އަދި، އޭނާގެ ޑިޒައިންތަކާ މެދު އެއްވެސް ވަރަކަށް ވާހަކަ ދެކެވިގެން ނުވާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
https://twitter.com/hyunelty/status/1653218017877041154?s=20
ލެގަފެލްޑް 2019ވަނަ އަހަރު މަރުވިއިރު އޭނާއާ ގުޅޭ ގޮތުން އެތައް ތުހުމަތުތަކާއި ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. އިންޑަސްޓްރީގައި އުޅޭ މޮޑެލުންތަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ އިތުރުން ރޭޕްގެ ތުހުމަތު ކުރެވޭ މީހުންނާ އެކު އުޅުމާއި ފަލަ އަންހެނުންނާ ގުޅޭ ގޮތުން ހުތުރު ވާހަކަތައް ދައްކައި މުއާމަލާތް ކޮށްފައިވާ ކަމުގެ އެތައް މައްސަލަތަކެއް ވަނީ އޭނާއާ ދެކޮޅަށް ފެންމަތިވެފައިވެއެވެ.
https://twitter.com/saintdoII/status/1653220451437428738?s=20
ނަމަވެސް މި އަހަރުގެ އިވެންޓުގެ ތެރެއިން އެފަދަ ވާހަކައެއް ދެކެވިފައެއް ނުވެއެވެ. އެއާ އެކު ވެސް ދުނިޔޭގެ ބޮޑެތި ތަރީން ވަނީ އޭނާގެ މަސައްކަތްތަކުގެ ހަނދާނުގައި ތަފާތު އެކި ހެދުންތަކާއި ކޮސްޓިއުމްތައް ލާފައެވެ. އެއާ އެކު އިވެންޓުން ޝެނެލް އާއި ބަލްމެން އާއި ކްލޯއީ ފަދަ ބްރޭންޑުގެ ޑިޒައިންތައް ހުންނަ ލުކްތައް ވަނީ ފެނިގެން ގޮސްފައެވެ. މިއީ ލެގަފެލްޑް އެތައް އަހަރެއް ވަންދެއް މަސައްކަތް ކޮށްފައިވާ ބޮޑެތި ފެޝަން ބްރޭންޑްތަކެވެ.
މި އަހަރުގެ އިވެންޓުން އެންމެ ފާހަގަ ކޮށްލެވޭ ލުކްތަކުގެ ތެރޭގައި ކާޑީ ބީ އާއި ރިއާނާ ޖީޖީ ހަދީދް ފަދަ ފަންނާނުން ހިމެނެއެވެ. ޑޯޖާ ކެޓް އާއި ޕެނަލޮޕީ ކްރޫޒް އަދި ބޭޑް ބަނީ ފަދަ އާޓިސްޓުން ވެސް ވަނީ ތަފާތު ލުކްތަކެއް ދައްކާލާފައެވެ.
މި ފަހަރުގެ އިވެންޓުގައި ފިރިހެން ބައިވެރިން ވެސް ވަނީ ތަފާތު ލުކްތައް ދައްކާލައިފައެވެ. މީގެ ކުރިން ހަމައެކަނި އާދައިގެ ސޫޓާއި ފަޓުލޫނު ލައިގެން ދިޔަ އެތައް ބަޔަކު ވަނީ ތަފާތު ކޮސްޓިއުމްތައް އެކްސްޕެރިމެންޓް ކޮށްފައެވެ.