އުމްރާގެ އަޅުކަން އަދާކުރަން މައްކާގައި ހުރި އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައި ވަނީ ރ. އަލިފުށީ، މުރިނގު، ޖަމީލާ މަހްމޫދެވެ. ޖަމީލާ ނިޔާވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ޖަމީލާ މައްކާއަށް ފުރީ މިދިޔަ މަހުގެ ފަސްވަނަ ދުވަހެވެ.

އާއިލާއިން "ސަން"އަށް ބުނި ގޮތުގައި އޭގެ ކުރިން މާ ބޮޑު ބައްޔެއް ވެގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފައެއް ނުވެއެވެ.

ނަމަވެސް މައްކާގައި ހުއްޓައި ހާލު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ކަމަށާއި އޭގެ ފަހުން ބަލި ހާލަތު ގޯސްވަމުން އައިކަމަށް އާއިލާއިން ބުންޏެވެ.

މިދިޔަ މަހުގެ 25ވަނަ ދުވަހު ވެސް، އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްހުރި 83 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވެއެވެ.