ޓްރީޓޮޕް ހޮސްޕިޓަލުގެ އޯޕީޑީގައި ޚިދުމަތްދޭ ވަގުތު އާންމު ގަޑިތަކަށް ބަދަލުކޮށްފިއެވެ.

ޓޮރީޓޮޕް ހޮސްޕިޓަލުގައި އޯ.ޕީ.ޑީ ގައި ޚިދުމަތް ދޭ ގަޑިތައް ތިރީގައި މިވަނީއެވެ.

މިހާރު އެ ހޮސްޕިޓަލުގެ އޯޕީޑީ، ޓީޓީއެޗް ކްލިނިކް، އަދި ފެމިލީ ކްލިނިކުން، އާންމު ގޮތެއްގައި އޮންނަ އުސޫލުގެ މަތިން ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ޚިދުމަތް ދެމުން ގެންދާނެއެވެ. އަދި، އިން-ޕޭޝަންޓް ޑިޕާޓްމަންޓާއި އިމަޖެންސީ ޑިޕާޓްމަންޓުގައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ޚިދުމަތްތައް ތައާރަފު ކުރަމުންނެވެ.

އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3351610 އަށް ގުޅުއްވުމުން، އެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.