ޓެރަރިސްޓުނަށް ރާއްޖޭގައި ފުރުސަތެއްނެތް ކަމަށާއި ރާއްޖެ ދުވަހަކު ވެސް ޓެރިސްޓުންނަށް ރަށްކާތެރި ތަނަކަށް ނުވާނެ ކަމަށް ޑިފެންސް މިނިސްޓާ އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެދުނު ޓުރޭޑާސް ހޮޓަލިގައި "ދޯސްތީ11" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ނާޒިމް ވިދާޅުވީ ދިވެހިރާއްޖެއަކީ ކުރިން ވެސް، ޓެރަރިޒަމްގެ ހަރަކާތްތަކަށް ރައްކާތެރި މާހައުލެއް އޮތް ގައުމެއް ނޫން ކަމަށާއި އަދި އެފަދަ ތަނަކަށް ރާއްޖެވެފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ގައުމަށް ހެޔޮ ނޭދޭ ބައެއް ދިވެހިން އެފަދަ އަޑުތައް އުފުލިޔަސް ރާއްޖެއަކީ ޓެރަރިޒަމްގެ ހަރަކާތްތަކަށް ރައްކާތެރިކަން އޮތް، އަދި އޮންނާނެ ގައުމެއް ނޫންކަން ބައިނަލްއަގުވާމީ މުޖުތަމައަށް އަޅުގަނޑު ޔަގީންކޮށްދެން، އަޅުގަނޑުމެން ޓެރަރިސްޓުންނަށް ޖާގައެއް ނުދޭނަން އަދު ހައްދުފަހަނަ އަޅައި ދިއުމަކީ އަޅުގަނޑުމެން ހަޖަމްކުރާނެ ކަމެއް ނޫން،" ޓްރޭޑާސް ހޮޓަލުގައި އޮތް ބައްދަލުވުމުގައި ނާޒިމު ބެއްސެވި ކަރުދާހެއްގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ މިގައުމަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއް ކަމަށާއި ރާއްޖޭގެ ސަރަހައްދު ގަވާއިދާއި ހިލާފު ހަރަކާތްތަކުން ސަލާމަތް ކުރުމުގައި އެމްއެންޑީއެފުން ދެމި ތިނޭނެ ކަމަށެވެ.

"ޓެރަރިސްޓުންނާއި މަސްތުވާތަކެއްޗާއި އާއި ބަޑި އެތެރެ ކުރުމުން މިގައުމު ރައްކާތެރި ކުރުމަކީ އެމްއެންޑީއެފްގެ ޒިންމާއެއް" ނާޒިމް ވިދާޅުވި އެވެ.

އިންޑިއާގެ ނޭވީގެ ޑައިރެކްޓާ ޖެނެރަލް ވައިސް އެޑްމިރަލް އެމްޕީ މުރަލިދަރަމް ވިދާޅުވީ މި ތަމުރީން ތަކާ އެކު ދެގައުމުގެ ދެމެދުގައި ވާ ގުޅުން ބަދަހިވާނެ ކަމަށާއި ތަމްރީނު ތަކުގެ ސަބަބުން ފައިދާވާނެ ކަމަށެވެ.

"މި ތަމްރީނުތަކަކީ ކަނޑު މަތީ ދިމާވާ ހާދިސާތަކުން ރައްކާތެރި ވަމަށް ތަމުރީނުވުމަށް ލިބޭ ވަރަށް ރަގަޅު ފުރުސަތެއް" އެމްޕީ މުރަލިދަރަމް ވިދާޅުވި އެވެ.

ސްރީލަންކާގެ ކޯސްޓްގާޑްގެ ޑައިރެކްޓަރ ޖެނެރަލް ރިއަ އެޑްމިރަލް ރުވާން ޑިއަސް މިއަދު ވިދާޅުވީ މިތަމްރީނުތަކުގައި ބައިވެރިވުމަށް ބޭނުންވީ ތަމުރީން ތަކަކީ ވަރަށް މުހިން މު ތަމްރީނު ތަކަކަާށް ވާތީ ކަމަށެވެ.

"މިތަމުރީނު ތަކަކީ ވަރަށް ވެސް މުހިންމު އަދި ވަރަށް ގިނަގުނަ ފައިދާ ތަކެއް ކުރާނެ ތަމުރީނެއް އަޅުގަނޑު އެދެނީ މިތަމްރީނުގެ ބޭނުން އެންމެހާ ބޭފުޅުން ހެޔޮ ގޮތުގައި ހިފުން" ރުވާން ޑިއަސް ވިދާޅުވި އެވެ.

"ދޯސްތީ" އަކީ 1991 ވަނަ އަހަރުން ފެށިގެން ރާއްޖެއާއި އިންޑިއާއާ ދެގައުމު ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމުރީނުތަކެކެވެ. މިއަހަރުގެ ތަމްރީނުތަކުގައި މިއަހަރު ލަންކާއިން ވެސް ބައިވެރިވެ އެވެ. ތަމްރީނު ތަކުގައި ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުން ސަލާމަތް ވުމަށް ތަމްރީން ވުމަށް ފަރިތަކުރާނެ އެވެ. ތަމްރީނުތަށް އަމަލީ ގޮތުން ފަށާނީ މާދަމާ އެވެ.