ފުލުހުންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާ އެންމެ ޝަރަފުވެރި ނިޝާން އެ އިދާރާގެ ފަސް ބޭފުޅަކަށް އަރުވައިފިއެވެ.

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޝަރަފުވެރި ނިޝާންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ކުލަ ހަތް ބޭފުޅަކަށް ވަނީ އަރުވާފައެވެ. އަދި ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިކަން ދީފައިވާ އާއްމު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލާ 10 ފަރާތަކަށް އަރުވާފައިވާއިރު، މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ ހަނދާނީ ރަން ފިލާ ތިން މީހަކަށް އަރުވާފައިވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކުލައާއި މެޑަލް ލިބޭ ފުލުހުންނަށް އެ ކުލަޔާ މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ މެޑަލް ލިބުނު ބޭފުޅުން

  • އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު
  • ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ރަޝީދު
  • ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ
  • ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު
  • ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ އަހްމަދު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކުލަ ލިބުނު ބޭފުޅުން

  • އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް
  • ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދުނާން ހަލީމް
  • ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފް
  • ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު
  • ޗީފް އިންސް ޕެކްޓާ އޮފް ޕޮލިސް އިބްރާހީމް ޒާހިރު
  • ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމް
  • ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ޝަރީފް

ފުލުހުންނަށް އެހީތެރިކަން ދީފައިވާ އާއްމު ފަރާތްތަކަށް ރައީސް ދެއްވާ ހަނދާނީ ފިލާ

  • މޫވިންޕިކް
  • އަމިއްލަފުށި ރިސޯޓް
  • ހެޕީ މާކެޓް
  • އެމްޓީސީސީ
  • ޝީޝާ
  • އެމްޑަބްލިޔުއެސްސީ
  • މުޙައްމަދު ނައީމް މ. ނައިލެކްސް
  • ވިލާ
  • އައިކެއާ އޮޕްޓިކަލްސް
  • ސޮލެރެލް އިންސްއަރެންސް ޕްރައިވެޓް ލިމިޓެޑް

މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ ހަނދާނީ ރަން ފިލާ

  • އެލައިޑް އިންޝުއަރެންސް
  • ސީޕްރިއާ ޕްރައިވެޓް ލިމިޓެޑް
  • އެމްޕީއެލް

ޚާއްސަ ގޮތެއްގައި އަގުވަޒަން ކުރެވޭ ފަރާތްތައް

  • އިބްރާހީމް މުޙައްމަދު ކަށިމާގެ، އދ. ފެންފުށި
  • އަލީ މުޙައްމަދު ކަށިމާގެ، އދ. ފެންފުށި

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ޚިދުމަތް ކަމުގައިވާ ފުރަތަމަ ފުލުހުންގެ ޚިދުމަތް ފެށީ 1933 ވަނަ އަހަރުގެ މާޗް 29 ވަނަ ދުވަހުއެވެ. އެކަމަކު އެތަން ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖައްސައި މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު ފުރަތަމަ ދުވަހުއެވެ.