24 Apr 2012, 13:03
ޕިލިޕް ގޯ ގިއާ ޓުވެންޓީ ޓުވެންޓީ ކުރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗް ހަތަރު ވިކެޓުން އެމް އެސް ސްޕޯޓްސް އިން ކާމިޔާބު ކޮށްފި އެވެ.
ވެސްޓް ސްޕޯޓްސް އާއި ބާއްދަލުކޮށް އިއްޔެ މެޗުގައި ޓޮސްލިބިގެން އެމް އެސް ގަސްތުކުރީ ހޮވުމަށެވެ. އެހެންނަމަވެސް ވެސްޓް ސްޕޯޓްސްއިން ކުޅެންއަރާ 18 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 122 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 37 ލަނޑުހެދި ފާއިޒު ސަމަދެވެ. އަދި އެމްއެސް ސްޕޯޓްސްއިން އެންމެ ރަނގަޅަށް އުކީ ހަތަރު ވިކެޓްނެގި އިބްރާހިމް ނަސާތު އެވެ.
ޖަވާބުގައި އެމް އެސް ސްޕޯޓްސް ކުޅެންއަރާ 17 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 125 ލަނޑުހެދި އެވެ.
މުބާރާތުގައި މިއަދު މެންދުރު ފަހު 2:30 ގައި ކުޅިވަރު އެކުއެނީ އެންނަންބަރު ކުރިކެޓް ދަނޑުގައި ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ މާލޭ ސްޕޯޓްސް އާއި ހިރިޔާ އެވެ.