ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ޑަސްބިން ކޮތަޅު ވިއްކަން މިއަދު ފަށައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހު މަޖިލީހުން ފާސްކުރި ކުނި މެނޭޖުކުރުމުގެ ބިލް ގާނޫނަކަށް ވުމުން ފާއިތުވި ހަފުތާ އިން ފެށިގެން ޕްލާސްޓިކް ކޮތަޅުތަކުން އަގު ނަގަން ވަނީ ފަށައިފައެވެ.

އެ ބަދަލާ ގުޅިގެން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ޓެކުހުގެ ގޮތުގައި ދެ ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުކޮށް ވެސް ނަގަމުން ދެއެވެ. ކޮތަޅުތަކުގެ އަގުތައް އުފުލުމުގެ ސަބަބުން، އާންމު ރައްޔިތުން އަންނަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ މައްސަލަ ހައްލުކުރުމަށް ވެމްކޯ އިން ނިންމީ ޓެކްސް ނުނަގާ ގޮތަށް ޑަސްބިން ކޮތަޅު ނުވަތަ ބިން ލައިނާ ވިއްކުމަށެވެ.

ވެމްކޯއިން ބުނީ މިއަދުން ފެށިގެން އެ ކުންފުނީގެ ކަސްޓަމާ ފްރަަންޓް އޮފީސްތަކުން ކޮތަޅު ވިއްކަން ފަށައިފައިވާ ކަމަށެވެ. އަދި, މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކާއި، ކަސްޓަމާ ފްރަންޓް އޮފީސްތަކުން ވެސް ކޮތަޅު ބޮނޑިތައް ލިބެން ހުންނާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ޑަސްބިން ކޮތަޅު މިހާރު މާލެއިން ލިބެން ހުންނާނީ މަޖީދީ މަގު ލަގްޒަރީ ފަހާރައާއި ސޯސަން މަގު، ތޫރި ފިހާރައާއި އަދި އަލިކިލެގެފާނު މަގުގައި ހުންނަ އެޗްސީޔޫ މާޓުންނެވެ.

ވެމްކޯއިން ފެހި އަދި ކަޅު ކުލައިގެ ތިން ސައިޒުގެ ޑަސްބިން ކޮތަޅު ވިއްކަން ނިންމާފައިވާ އަގުތަކަކީ:

  • ލާޖް (100 ކޮތަޅު) 35 ރުފިޔާއަށް

  • އެކްސްއެކްސް ލާޖް (100 ކޮތަޅު) 135 ރުފިޔާ
  • ޓްރިޕަލް އެކްސް ލާޖް (50 ކޮތަޅު) 165 ރުފިޔާ

ވެމްކޯ އިން އިލްތިމާސްކޮށްފައި ވަނީ މި ޑަސްބިން ކޮތަޅުތައް ހަމައެކަނި ކުނި އުކާލުމަށް ބޭނުންކުރުމަށެވެ.