ބައިނަލްއަޤްވާމީ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭސަން އޮފް ޝެފްސް ސޮސައިޓީ (ވެކްސް) އިން ޝެފް މަހާ ނަސީރު ކޮންޓިނެޓަލް ޖަޖަކަށް ހޮވިއްޖެއެވެ.

ވެކްސް އިން ކޮންޓިނެންޓަލް ޖަޖުގެ ލަގަބު މިހާތަނަށް ދީފައި ވަނީ ފަސް ދިވެހިންނަށް އެކަންޏެވެ.

ވެކްސް އިން މަހާ ކޮންޓިނެޓަލް ޖަޖަކަށް ހޮވާފައިވަނީ ކަލިނަރީ ދާއިރާގެ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ޕްރޮގްރާމުތަކެއް ފުރިހަމަ ކުރުމުންނެވެ. އޭނާ ވަނީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރީ އިން ކަލިނަރީ އާޓްސް އެންޑް ކުއިޒިން އިން ޑިގްރީ ހާސިލް ކުރައްވާފައެވެ.

މަހާއަކީ މިހާރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި، މަހާ ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަޤްވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައެވެ.

މަހާ އަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ. އަދި، ރާއްޖެއިން މާސްޓާ ޝެފުގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފެވެ.