ޑޮލަރުތަކެއް ވަގަށް ނެގި މައްސަލައެއް ގައި ތިން މީހަކު ޏ. ފުވައްމުލަކުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ފުވައްމުލަކު މިސްކިތްމަގު ރަމްޒީގެ، ޢަބްދުﷲ މަސްޢޫދު 30، އާއި މާލެގަން ދަނބުގަސްދޮށުގެ، އިބްރާހީމް މުޙައްމަދު ދީދީ 29، ގެ އިތުރުން ދޫޑިގަން އާސީ، މުޙައްމަދު އަޒްމީ، 27 ކަމަށެވެ.

ފުލުހުން ބުނީ އެ ތިން މީހުން ވައްކަށް ކުރީ ހެނދުނު 7:50 އެހާއިރު ގެއެއްގައި ފޮރުވާފައި ހުރި 1500 ޑޮލަރު ކަމަށާއި އެ ތިން މީހުންވެސް ވައްކަން ކުރި ކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ.

ހައްޔަރު ކުރި ޢަބްދުﷲ މަސްޢޫދުގެ އަތުން 200 ޑޮލަރު ފެނިފައިވާއިރު، ބާކީ ހުރި ޑޮލަރުތައް ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޯތިތެރޭ އޮތް އަލަ އޮޅެއްގެ ތެރޭ ހުރި ކެޔޮގަސްތަކެއްގެ ތެރޭގަިއ ދަޅަކަށް ލާ ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފޮއްޓެއްގެ ތެރޭގައި އޮތް ކޯސްޓް ކިރު ދަޅަކާއި ޖޫސްފުޅިއެއް ފެނިފައިވާއިރު، އެ ތަކެއްޗަކީ ވަގަށް ނެގި ޑޮލަރުގެ ތެރެއިން 100 ޑޮލަރު މާރުކޮށްގެން ގަނެފައިވާ ތަކެތި ކަމަށް އެތިން މީހުން އިޢްތިރާފްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.