25 Apr 2023, 17:04
ހޯޕް އިން ނ. މަނަދޫގައި "ހޯޕް ހާޑްވެއާ އެންޑް ހޯމް" ގެ ނަމުގައި އައު ފިހާރައެއް ހުޅުވައިފިއެވެ.
މި ފިހާރައިން ހާޑްވެއާ އާއި ގޭގެ ހުރިހާ ބޭނުންތަކަށް ފެންވަރު ރަނގަޅު ޕްރޮޑަކްޓްތަކުގެ ފުރިހަމަ ސިލެކްޝަނެއް ލިބޭނެއެވެ. މި ފިހާރައިގައި ގިނަ ކެޓަގަރީތައް ހިމެނޭއިރު، އޭގެ ތެރޭގައި ޖެނެރަލް ހާޑްވެއާ، ޕަވާ ޓޫލްސް، ހޭންޑް ޓޫލްސް، ކޮންސްޓަރަކްޝަން އައިޓަމްސް، ޖީއައި ޕައިޕްސް، ވެލްޑިން ރޮޑްސް، ފިލްމްފޭސް، ބްލޮކް ބޯޑްސްގެ އިތުރުން ބިލްޑްވެއާގެ ސާމާނު ހިމެނެއެވެ.
ބިލްޑް ވެއާ ކަމަށްވާ ދޮރާއި ފިކްސްޗާސް ވެސް އެ ފިހާރައިން ލިބޭނެއެވެ. އަދި ޕަމްބްލިން އައިޓަމްސް، ޕީވީސީ ޕައިޕްސް، ފިޓިންގްސް، ފޯސެޓްސް، އަދި ފާހަނާގައި ބޭނުން ކުރާ ތަކެތި ވެސް ލިބެން ހުރެއެވެ. މީގެ އިތުރުން އިލެކްޓްރިކަލް ތަކެތީގެ ތެރޭގައި ހިމެނޭ އޭސީއެލް ބްރޭންޑްގެ ވަޔަރިން، ލައިޓު، ސްވިޗު، ސޮކެޓު އަދި ސާކަޓް ބްރޭކުތައް ވެސް ލިބެން ހުރެއެވެ.
ބަދިގޭ ސާމާނުގެ ގޮތުގައި ކައްކަން ބޭނުން ކުރާ ތަކެއްޗާއި މޭޒާއި އަދި ބަދިގޭގައި ގެންގުޅޭ އެހެނިހެން ތަކެތި ވެސް އެ ފިހާރައިން ލިބެއެވެ.
މި ފިހާރަ ކަސްޓަމަރުންނަށް ތަޢާރަފްކޮށް، ހޯޕް އިން ފޯރުކޮށްދޭ ތަފާތު އުފެއްދުންތަކާއި ޚިދްމަތްތައް ޙިއްޞާކުރުމަކީ، ނ. މަނަދޫގެ އިތުރުން ނޫނު އަތޮޅާއި ކައިރި ރިސޯޓްތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

ހޯޕް އިން ނ. މަނަދޫގައި ހުޅުވި ފިހާރަ -- ފޮޓޯ/ ހޯޕް
މި ފިހާރައިން ކަސްޓަމަރުންނަށް އަގުހެޔޮ ގޮތެއްގައި ތަކެތި ލިބޭނެއިރު، ބަލްކް އަދަދުތަކުންވެސް ޕްރޮޑަކްޓްތައް ސަޕްލައި ކުރެވޭނެއެވެ.
ހޯޕް ހާޑްވެއާ އެންޑް ހޯމް އަކީ އެކްސްކޯ ގްރޫޕް އޮފް ކޮމްޕެނީސްގެ ދަށުން، ހޯޕް ބްރަދާސް އިންވެސްޓްމަންޓް (އެޗްބީއައި) އިން ހިންގަމުން އަންނަ ކުންފުންޏެކެވެ. މިއީ މުޖުތަމައުގެ ކުރިއެރުމަށް ޓަކައި ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް އެދޭ ވިޝަންރީންތަކެއްގެ ދިގު ހުވަފެނަކާއެކު މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އުފެއްދި ކުންފުންޏެކެވެ. އެޗްބީއައި އިން ހޯޕް ޓްރެވަލްސް އާއި ހޯޕް ފިއުލްސް ވެސް މެނޭޖް ކުރެ އެވެ.
މީގެ އިތުރުން އެކްސްކޯ ގްރޫޕް އޮފް ކޮންޕެނީސްގެ ދަށުން ފުރަވެރި ފާމަސޫޓިކަލްސްއާއި ފިއުލް ސަޕްލައިން އަދި މި ވަގުތު ރާއްޖޭގައި ލީޑިންގ، އެންމެ މަގުބޫލު ، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ފިލާ ސްޓޯރ އޮޕެރޭޓް ކުރެއެވެ. ފިލާ ސްޓޯރުން ހެޔޮ އަގުގައި ކޮލިޓީ ކަބަޑު ފިލާ، ދަނގަނޑު ހޮޅި، ދޮރު، ޕީވީސީ ހޮޅި، މާބްލް އަދި ޚްލެޑިންގ ޝީޓް ލިބެން ހުންނާނެއެވެ.
ހޯޕް ޓްރެވަލްސް
ހޯޕް ޓްރެވަލްސް އަކީ މާލެއިން ނ، ށ. އަދި ޅ އަތޮޅަށް ފެރީ ޓްރާންސްފާ ފަދަ ކަނޑުގެ ޚިދުމަތްތައް ފޯރުކޮށްދޭ މަތީ ފެންވަރުގެ ޒަމާނީ ލަގްޒަރީ ފްލީޓެއް ހިމެނޭ ކުންފުންޏެކެވެ. އަދި މި ކުންފުނިން ލަގްޒަރީ ބޯޓުތައް ތަފާތު ކޯޕަރޭޓް ހަޔާސް އާއި ޕްރައިވެޓް ހަޔާސް ފަދަ ޚާއްސަ މުނާސަބަތުތަކަށް ކުއްޔަށް ވެސް ދެއެވެ. މީގެ އިތުރުން މި ކުންފުނިން ސެމީ ލަގްޒަރީ ސްޕީޑްބޯޓުތަކާއި ރިސޯޓްތަކުގެ ގެސްޓް ޓްރާންސްފާގެ ޚިދުމަތް ވެސް ފޯރުކޮށްދެއެވެ.
ހޯޕް ފިއުލްސް
ހޯޕް ފިއުލްސް ޚާއްސަވެފައި ވަނީ މަނަދޫގައި ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށެވެ. މިކަމުގެ ތެރެއިން ހޯޕް ފިއުލްގެ ރީފިލް ޝެޑާއި، ޑިސްޕެންސާ ޕޮއިންޓެއް 2019 ވަނަ އަހަރު އެކުންފުނިން ވަނީ މަނަދޫގައި ގާއިމް ކޮށްފައެވެ.
ހޯޕްގެ އަމާޒަކީ، އެންމެން ގުޅިގެން ކުރާ މަސައްކަތަކުން މުޖުތަމައު ކުރިއަރުވައި މުޖްތަމައުގެ ދުޅަހެޔޮކަން ކުރިއެރުވުން ކަމަށް އެކުންފުނިން ބުނެއެވެ.