24 Apr 2023, 11:29
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ސައުތު ޕޮލިސް ޑިވިޝަން (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ)ގައި ހިމެނޭ އަތޮޅެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ރިޕޯޓްކޮށްފައިވަނީ މި މަހު 13 ގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އުމުރުން 33 އަހަރުގެ މީހަކު ހަމަ އެ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ.
އޭނާ 30 ދުވަހަަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކަށަވަރު ވެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ދޮންބައްޕައެވެ.
ސައުތު ޕޮލިސް ޑިވިޝަންގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިި މައްސަލައެއްގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެެވެ.