ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގައި ހުންނެވި ޙަސަން ސަޢީދު, 21 އަހަރަށް ފަހުން ހިދުމަތުން މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ޤާޟީ ޙަސަން ސަޢީދު މަގާމުން ރިޓަޔާ ކުރެއްވުމުން އޭނާއަށް ތަހުނިޔާ ދަންނަވާފައެވެ.

ފެމެލީ ކޯޓުގެ އިސް ޤާޟީ ކަން ވެސް ކުރެއްވި ޙަސަން ސަޢީދުގެ ބައެއް ސުލޫކީ މައްސަލަތައް ސާބިތުވެފައިވާއިރު މީގެ ކުރިން އޭނާ ސަސްޕެންޝަންގައި ދެ އަހަރު ވެސް ހޭދަކޮށްފައިވެއެވެ. އަދި ސުލޫކީ މައްސަލައެއް ސާބިތުވެ ފަނޑިޔާރު ކަމުން އޭނާ ވަކި ކުރުމަށް ވެސް ޖޭއެސްސީން 2019 ވަނަ އަހަރު ނިންމިއެވެ.

ނަމަވެސް ޖޭއެސްސީން ވަނީ ފަހުން އެ ނިންމުން ބަދަލުކޮށް އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކޮށްފައެވެ. އަދި ރިޓަޔާ ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގައެވެ.