އޭޕްރީލް މަހަކީ އަބަދުވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސް ކަމަށާއި ބޭރު ތެރޭގައި އުޅޭއިރު ހޫނުން ރައްކާތެރިވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ އޭޕްރީލްމަހަކީ މުޅި އަހަރުގެ ތެރޭގައި ވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސް ކަމަށެވެ. އަދި މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައިހުުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ހޫނު ގަދަވަނީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

އެހެންވެ، ހޫނުން ރައްކާތެރިވުމަށް އެ އިދާރާއިން ބާރު އަޅައެވެ.

ހޫނުން ރައްކާތެރިވުމަށް ޓަކައި، ކުޑަ ބޭނުންކުރުމާއި، ކުލަމަޑު ހަށިގަނޑު ނިވާވާފަދަ ހެދުން ލުމާއި ބޮޑަށް ހިޔާވާ ކަހަލަ ތޮތްޕެއް ބޭނުންކުރުން ފަދަ ކަންކަން ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.