އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޖަސްޓިސް ސެކްރެޓަރީ ޑޮމިނިކް ރާބް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވިކަން އިއުލާނުކޮށްފައިވަނީ އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ހިއްސާކުރި ސިޓީއަކުންނެވެ.

އެ ސިޓީގައި އޭނާ މަގާމުން އިސްތިއުފާ ދީފައިވަނީ އޭނާއާ ދެކޮޅަށް ގަނާކުރުމުގެ ޝަކުވާތައް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ރާބް އިސްތިއުފާ ދީފައި މިވަނީ އެކަމާ ގުޅޭ ތަހުގީގެއް ކުރަމުން އައި ދަނޑިވަޅެއްގައެވެ.

މަސައްކަތުގެ މާހައުލުގައި ރާބްގެ ފަރާތުން މަސައްކަތުގައި ގެންގުޅެންޖެހޭ އަމަލުތައް ފެނިގެންނުދާ ކަމުގެ ޝަކުވާތައް އޭނާ އާއި އެކީ މަސައްކަތްކުރާ ފަރާތްތަކުން ވެސް ވަނީ ކޮށްފައެވެ.

އުމުރުން 49 އަހަރުގެ ރާބް ވަނީ އޭނާގެ މުވައްޒަފުންނާ މެދު އެގޮތަށް ކަންތައް ކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި, "ހުރިހާ ވަގުތެއްގައި ވެސް ޕްރޮފެޝަނަލްކޮށް ކަންތައް ކުރާ" ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ އަމަލުތަކާ ގުޅޭގޮތުން މުވައްޒަފުން އެފަދަ ވާހަކަތައް މީޑިއާއަށް ލީކުކޮށްލުމުގެ ޝަކުވާ އޭނާ ވަނީ ކޮށްފައެވެ.

ހަމައެއާ އެކު އެ ސިޓީގައި ރާބް އިތުރަށް ވިދާޅުވެފައިވަނީ އެއްވެސް ކުށެއް ނެތި، ދެކޮޅަށް މިފަދަ މައްސަލަތައް ހުށަހެޅުމުން މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅިގެންދާ ކަމަށެވެ.

ރާބް އެންމެ ފުރަތަމަ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އެއައްފަހު ސިޔާސީ ދާއިރާއަށް ބަދަލުވީ 2000ވަނަ އަހަރު އެ ގައުމުގެ ފޮރިން އޮފީހާ ގުޅުނު ފަހުންނެވެ.