23 Apr 2012, 14:58
ދެވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު އޯޕަން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހުސެން ނީޝާމް ހޯދައިފި އެވެ.
ނީޝާމް ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ހުސެން އަލީ އާއި ބައްދަލުކޮށް ދެ ސެޓް އެއްސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
އޯޕަމް ސިންގަލްގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވީ އަމިނައތު ނިފާސާ އެވެ.
މިމުބާރާތުގެ ކުޅުން އިއްޔެ ނިމުނުއިރު، މުޅި މުބާރާތުން އެންމެ އުންމީދީ ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު މުންތަސިރެވެ. އަދި އެންމެ އުންމީދީ އަންހެން ކުޅުންތެރިއަކަށް ހޮވުނީ ފާތުމަތު ރަޔާނެވެ.